މާލެއަތޮޅު ހުރާ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކަރަންޓް ވަޔަރިންގ ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިކޯޓުގެ H5C/2016/03 ނަންބަރު އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ އެ އިޢުލާން ބާޠިލު ކުރުމަށް ފަހު އަލުން އިޢުލާން ކުރަމެވެ.

މިކޯޓުގެ ކަރަންޓްވަޔަރިންގ ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 މޭ 2016 ވާ އާދީއްތަ ދުވަހުގެ ކ. ޖުޑީޝަލް ދާއިރާގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓަކަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ސާފުކުރެއްވި ކޯޓަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގާވެސް ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޝަޢުބާން 1437

23 މޭ 2016
ހޯދާ