މަދަރުސަތުލް ޝަހީދު ޢަލީ ތަކުރުފާނު، ހއ. ތަކަންދޫ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

* 1 ޕާޓިޝަން ޖެހުން

* 1 ކްލާސްރޫމްގައި މުށިޖެހުން

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 30 ވާ ހޯމަ ދުވަހުގެ 10:45 އަށް މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 10:45 އަށް މި މަދަރުސާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ 02 މަސައްކަތަށް ވަކިވަކިންނެވެ. ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ހުށަހަޅާ މަސައްކަތުގެ ނަން، ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯދެއްވުމަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު: 6500576 ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.

15 ޝަޢުބާން 1437  

22 މޭ 2016
ހޯދާ