އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ގަނެދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

2 ޓަނުގެޕިކަޕެއް ގަނެދޭނެ ފަރާތެއް ހޯދުމަށް:

2 ޓަނުގެ ޕިކަޕެއް ގަނެދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކަން ކޮށްދެއްވާނެ އަގު ބަޔާންކޮށް ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި 2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައެވެ. އެހެންކަމުން، މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް، ބަދަލުގައި ފޮނުވާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ތާރީޚުތަކަށް ސަމާލުކަންދެއްވުން އެދެމެވެ.

މަތީގައި ދެންނެވިފައިވާ މައުލޫމާތުދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލުތައް ބަލައިގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާނުކުރީމެވެ.

17 ޝަޢުބާން 1437

24 މޭ 2016
ހޯދާ