މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފުވައްމުލަކުގައި ޤާއިމު ކުރަމަށް ހަމަޖެހިފައިވާ ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓްގެ ރޭންޖާރސް

ވަޒީފާގެ ފުރުޞަތު

މިމިނިސްޓްރީން ވާރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން ފުވައްމުލަކުގައި ޤާއިމު ކުރަމަށް ހަމަޖެހިފައިވާ ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓަށް ރޭންޖާރސް ބޭނުންވެއެވެ.

މަޤާމު:

ރޭންޖާރސް

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓް (ފުވައްމުލައް)

މުސާރަ:

ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލައި -/10,000ރުފިޔާއާއި -/13,000ރުފިޔާއާ ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

ޕްރޮޓެކްޓެޑް އޭރިއާ ބެލެހެއްޓުން؛

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދު ހާސިލު ކޮށްފައިވުން؛

ނުވަތަ،

(ށ) މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދު ހާސިލު ކޮށްފައިވުމާއެކު، ދާއިރާގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛

(ނ) ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާސިލު ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ރ) ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ
  2. ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ
  2. އިންޓަރވިއު
  3. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް މީހުން އައްޔަނު ކުރެވޭނީ 24 (ސައުވީސް) މަސްދުވަހުގެ މުއްދަތަށެވެ. އަދި މިމަޤާމުތަކަށް ހޮވޭ ފަރާތްތަކުން ޖުލައި 2016 ގައި މަސައްކަތް ފަށަން ޖެހޭނެއެވެ.

ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2016 ޖޫން 09 (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން ފުވައްމުލައް އަތޮޅު ކައުންސިލްގެ އިދާރާއަށް

25 މޭ 2016
ހޯދާ