މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ. މިވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރަންޖެހޭ ވަޒީފާތަކެކެވެ.

މަޤާމު

ރެޖިސްޓްރަރ

ކޮންޓްރެކްޓް މުއްދަތު

5 އަހަރު

ސެކްޝަން/ޔުނިޓް

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް

ބޭނުންވާ އަދަދު

01

 

މުސާރަ

މަހަކު -/11065 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އެޓެންޑެންސް އެލަވަންސް

މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކަށް -/300 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، މިނިސްޓްރީ އޮފް ހެލްތު

ތަޢުލީމާއި ތަޖުރިބާ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ އިންސްޓިޓިއުޝަނަކުން މެނޭޖްމަންޓް / ހިންގުމުގެ ދާއިރާ ނުވަތަ ޑޮކްޓަރީ ބޭހުގެ ރޮނގުން ނުވަތަ ޑެންޑިސްޓްރީގެ ރޮނގުން ނުވަތަ ނަރސިންގގެ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 05 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކައުންސިލުގެ ބައްދަލުވުންތައް ބާއްވައި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން؛
  • ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާގުޅޭ ލިޔެކިޔުންތަކާއި ރެކޯޑުތައް ބެލެހެއްޓުން؛
  • ކައުންސިލުގެ އިޚްތިޞާޞް ހިނގާ ދާއިރާގެ މަސައްކަތްތެރިންގެ ރަޖިސްޓަރީއާއި ރެކޯޑުތައް ބެލެހެއްޓުން؛
  • ކައުންސިލުން ދޫކުރާ ލައިސަންސްތަކާއި، ހުއްދަތަކާއި ސެޓުފިކެޓު ފަދަ ލިޔުންތައް ދޫކުރުން؛
  • ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުގެ ބޭންކް އެކައުންޓްތައް ހުޅުވައި، ބަންދުކޮށް، ހިސާބުތައް ބަލަހައްޓައި، ހިސާބުތައް އޮޑިޓްކުރުމަށް ބޭނުންވާ ކަންކަން ކުރުން؛
  • ކައުންސިލުން ބަލާ މައްސަލަތަކާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން؛
  • ކައުންސިލްގެ ނިންމުންތައް ތަންފީޛުކުރުން؛
  • ކައުންސިލަށް ލިބޭ އާމްދަނީއާއި ކުރާ ޚަރަދުތައް ބެލެހެއްޓުން؛
  • ކައުންސިލްގެ މަޝްވަރާގެ މަތިން ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ހެލްތަށް ފޮނުވުން؛
  • ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކަށް ޤާނޫނީ ގޮތުން ވެދެވެންޖެހޭ އެހީތެރިކަން ލަސްކުރުމެއްނެތި ފޯރުކޮށްދިނުން؛
  • ކައުންސިލް އިދާރީގޮތުން ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލައި، ކައުންސިލް މެންބަރުންގެ ބައްދަލުވުމަކުން ފާސްވުމުން، ކައުންސިލްގެ ރައީސްގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުން؛
  • ކައުންސިލްގެ މެންބަރުންގެ މަޝްވަރާއާއެކު ކައުންސިލްގެ ކުރިއެރުމާއި، ތަރައްޤީއަށް ދުރު، މެދު، އަދި ކުރު ރާސްތާގެ މަޝްރޫޢުތައް އެކުލަވާލުމާއި، ކައުންސިލްގެ ސްޓްރެޓިޖިކް ޕްލޭން އެކުލަވާލުމާއި، އެކަންކަން ހިންގައި، މޮނިޓަރކޮށް ބެލެހެއްޓުން؛
  • މިނިސްޓްރީ އޮފް ހެލްތަށާއި، ދައުލަތާއި މުއައްސަސާތަކަށް ކައުންސިލް ޖަވާބުދާރީވުމުގައި، އިދާރީގޮތުން، އެކަމުގެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުން؛
  • ކައުންސިލްގެ އިދާރީ އޮނިގަނޑު އެކުލަވާލައި، މުވައްޒަފުންނަށް އެ މީހުންގެ މަސައްކަތް ހަވާލުކޮށް، ލިޔެކިޔުންތައް ބަލަހައްޓައި، އަދި މުވައްޒަފުން އެޕްރައިސަލްގެ ކަންކަން ބެލެހެއްޓުން؛
  • ކައުންސިލް ހިންގުމަށް ބޭނުންވާ ތަކެއްޗާއި، ޚިދުމަތްތައް ބެޖެޓްގެ ތެރެއިން ހޯދޭނެ އިންތިޒާމު ހަމަޖައްސުން؛
  • މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކޮށް، މުވައްޒަފުންގެ މެދުގައިޖެހޭ މައްސަލަތައް ޙައްލުކޮށް، މަސައްކަތުގެ މާޙައުލުގައި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް މަސައްކަތްކުރުން؛
  • އައު ގޮތްތައް ދިރާސާކުރުމާއި، އެހެން ތަންތާނގައި ކަންކުރާގޮތް ބަލައި، ކައުންސިލަށް އައު، ރަނގަޅު، މޮޅު ގޮތްތައް ހޯދައި، ދެނެގަނެ، އެގޮތްތައް ތަޢާރުފުކުރުމާއި، މަސައްކަތަށް ފަސޭހަ، ޚަރަދުކުޑަ އަދި އަވަހަށް ކަންކަން ނިންމޭނެ ޓެކްނޮލިޖީ ހޯދައި ތަޢާރުފުކުރުން؛
  • ކައުންސިލްގެ މަސައްކަތާ ގުޅޭގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ތަޖުރިބާ ޙިއްޞާކޮށް ހެދުމާއި، މަސައްކަތާ ގުޅުންހުރި ދިރާސާތައް ކައުންސިލާއި މުވައްޒަފުންނާ ޙިއްޞާކުރުން؛
  • ޤާނޫނު ނަންބަރު 2015/13 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ އިމުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ކަންކަމާއި، އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުން ހަވާލުކުރެވޭ އެހެނިހެން ޒިންމާތައް އަދާކުރުން؛
  • ރަޖިސްޓްރާރުގެ މަސްއޫލިއްޔަތެއް ކަމުގައި އެހެން ޤާނޫނަކުން ކަނޑައަޅާ ޒިންމާތައް އަދާކުރުން.

ރަޖިސްޓްރާރުގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް

  • ދިވެހި ރައްޔިތެއް ކަމުގައިވުން؛
  • ކައުންސިލުގެ ރަޖިސްޓްރާރުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚުލާޤު ހުރި މީހަކު ކަމުގައިވުން؛
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
  • ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން؛ 
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން؛
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން؛
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން؛
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ޙިއްޞާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަނުކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ޙިއްޞާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން؛
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން؛
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައިނުވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ޝޯޓްޓާރމް ޓްރޭނިންގ) ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ސުންގަޑި

08 ޖޫން 2016 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ސިޓީ ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

އިންޓަރވިއު ކުރުން އޮންނާނީ ޖޫންމަހުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ހެލްތުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014437 އެވެ.

24 މޭ 2016
ހޯދާ