ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ވޮޗަރެއް ބޭނުންވެއްޖެ

މަޤާމް :ވޮޗަރ
ބޭނުންވާ އަދަދު :1

ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: ވޮޗަރ ގރ. 1 

އަދަދު: 1

މުސާރަ: -/2620ރ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސ. ހިތަދޫ ފިހާރަ

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު: 

* ކަނޑައެޅިފައިވާ ޑިއުޓީގައި ތަން ބެލެހެއްޓުން

* ތަނަށާއި އަދި މުދަލަށް ގެއްލުމެއް ލިބިދާނެ ކަމެއް ހިނގާތޯ ބަލައި ޗެކްކުރުން

* ކަނޑައެޅިފައިވާ ޑިއުޓީގައި ފިހާރައަށް ވަދެނިކުމެވާ ފަރާތްތައް ބަލައި މޮނިޓަރކުރުން

* ކަނޑައެޅިފައިވާ ޑިއުޓީގައި ހިނގާ ކަންތައްތައް ބަލައި އެކަންތައްތަކާބެހޭ ރިޕޯޓްތައް ދުވަހުން ދުވަހަށް ދިނުން

ތަޢުލީމާއި ތަޖުރިބާ:

* ގްރޭޑް 7 ގެ ފެންވަރު ހުރުން

* މިދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

* ސިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން އަދި ޝިފްޓް ޑިއުޓީ އަދާކުރެވޭނެ މީހެއް ކަމުގައިވުން

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 1 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓީއޯ 137 ނަންބަރު (ސ. ހިތަދޫ) ފިހާރައިންނާއި، އެސްޓީއޯ ހެޑްއޮފީހުގެ ކައުންޓަރުންނާއި އަދި އެސްޓީއޯގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއާއި އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް،

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ނުވަތަ އެސްޓީއޯ 137 ފިހާރަ، ސ. ހިތަދޫ

ފޯން:  3344273  ވެބްސައިޓް: /http://sto.mv

24 މޭ 2016
ހޯދާ