މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
1437 ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ހޯދުން

އިޢުލާން

1437 ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ހޯދުން:

މި ކޯޕަރޭޝަނުގެ ފަރާތުން 1437 ވަނަ އަހަރުގެ ޙައްޖު ދަތުރުގައި، ތިރީގައިމިވާ މަޤާމްތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ބޭނުންވެއެވެ.

މަޤާމް:

ކައްކާ

ބޭނުންވާ އަދަދު:

10 (ދިހައެއް)

 

 

ފެންވަރު ނުވަތަ ޝަރުޠު:

- މައްކާއާއި، މަދީނާއާއި، މިނާގައި ދިވެހި ޙާޖީންނަށް ކައްކައި ކާންދިނުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކުކަމުގައިވުން.

- ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި މިޒަމާނުގައި އާންމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރުކުރަން އެނގޭ މީހަކުކަމުގައިވުން.

- ކެއްކުމުގެ ހުނަރު ލިބިފައިވުމާއެކު، ގިނަ އަދަދެއްގެ ބަޔަކަށް ކައްކައި ކާންދިނުމުގެ ތަޖުރިބާ ލިބިފައިވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

 

މަސްއޫލިއްޔަތު:

ކާގަޑިތަކުގެ އިންތިޒާމް އެކަށީގެންވާގޮތެއްގައި ކުރިޔަށްގެންދިޔުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.

- ޙާޖީންނަށް ގަޑިން ގަޑިއަށް ކެއްކުން.

- ބަދިގޭގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމް:

ސަޕޯޓް ސަރވިސް  އޮފިސަރ

ބޭނުންވާ އަދަދު:

6 (ހައެއް)

ފެންވަރު ނުވަތަ ޝަރުޠު:

- ޙައްޖު ދަތުރާއި ޢުމްރާ ދަތުރުގައި އެހީތެރިއެއްގެގޮތުގައި މަސައްކަތްކޮށް، މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- އަރަބިބަސް ނުވަތަ އިނގިރޭސިބަސް ނުވަތަ އުރުދޫބަސް އެނގޭ ފަރާތެއްކަމުގައިވުން.

މަސްއޫލިއްޔަތު:

- ގަޑިން ގަޑިއަށް ކާންހެދުމާއި، ކާގަޑިތަކުގައި ތަށިމަތި ބެލެހެއްޓުން.

- ކެއުމުގެ އިންތިޒާމް އެކަށީގެންވާގޮތެއްގައި ކުރިޔަށްގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެދަށުން މަސައްކަތްކުރުން.

- ބާޒާރުން ގަންނަންޖެހޭ ތަކެތި ހޮޓަލަށް ގެނައުން.

- މައްކާއާއި، މަދީނާއާއި، މިނާއާއި، ޢަރަފާތުގައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް، ކޯޕަރޭޝަނުން އަންގާ ގޮތެއްގެ މަތިން ހަމަޖެއްސުން.

- ޙައްޖުގެ މަޝާއިރުތަކުގައި ޙައްޖުވެރިންނަށް އެހީތެރިވުން.

މަޤާމް:

ކަސްޓަމަރ ސަރވިސް އޮފިސަރ

ބޭނުންވާ އަދަދު:

3 (ތިނެއް)

ފެންވަރު ނުވަތަ ޝަރުޠު:

- ޙައްޖު ދަތުރާއި ޢުމްރާ ދަތުރުގައި އެހީތެރިއެއްގެގޮތުގައި މަސައްކަތްކޮށް، މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ޢަރަބިބަހުން މުޢާމަލާތްކުރަން އެނގޭ ފަރާތެއްކަމުގައިވުން.

މަސްއޫލިއްޔަތު:

- ޙައްޖުވެރިންނަށް މައްކާ، މަދީނާގެ ހޮޓަލުގައި ދޭންޖެހޭ އެންމެހައި މަޢުލޫމާތުތައް ދުވަހުން ދުވަހަށް ދެމުންގެންދިއުން.

- ހޮޓަލުގައި ޙައްޖުވެރިން އެހީތެރިކަން ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

- ޙައްޖުވެރިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް ހޮޓަލާ ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައްކުރުން.

މަޤާމް:

ޑޮކްޓަރު

ބޭނުންވާ އަދަދު:

3 (ތިނެއް)

 

 

 

ފެންވަރު ނުވަތަ ޝަރުޠު:

- މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓްރީވެފައިވުމާއެކު، ދިވެހިރާއްޖޭގައި ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ މީހަކުކަމުގައިވުން.    

- މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް، ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.

- ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާދިނުމުގެ މަސައްކަތްކޮށް މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކުކަމުގައިވުން.

- އަންހެނެއްނަމަ، 45 އަހަރުން މަތީގެ މީހެއްކަމުގައިވުން.

- ޢަރަބިބަހުން ނުވަތަ އިގިރޭސިބަހުން މުޢާމަލާތުކުރަން އެނގޭ މީހަކުކަމުގައިވުން.

 

މަސްއޫލިއްޔަތު:

- ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި، ފަރުވާދޭންޖެހޭ ބަލިމީހުންނަށް ފަރުވާދިނުމާއި، ޞިއްޙީ އިރުޝާދު ދިނުން.

- މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުން.

- ޙައްޖު ދަތުރުގައި ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުން.

މަޤާމް:

ނަރުސް

ބޭނުންވާ އަދަދު:

6 (ހައެއް)

 

ފެންވަރު ނުވަތަ ޝަރުޠު:

- ނަރުސްކަމުގެ ސަނަދު އޮތުމާއެކު، މޯލްޑިވްސް ނަރސިންގ ކައުންސިލުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައިވުން.

- ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާދިނުމުގެ މަސައްކަތްކޮށް، މަދުވެގެން 1 އަހަރުދުވަހު މަސައްކަތްކޮށްފައިވާ މީހަކުކަމުގައިވުން.

- މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް، ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.

- އަންހެނެއްނަމަ، 45 އަހަރުން މަތީގެ މީހެއްކަމުގައިވުން.

- އިނގިރޭސި، ޢަރަބި، އުރުދޫ، މިއިން ކޮންމެވެސް ބަހަކުން މުޢާމަލާތްކުރަން އެނގޭ މީހަކުކަމުގައިވުން.

 

މަސްއޫލިއްޔަތު:

- ޙާޖީންގެ ތެރެއިން ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި، ޞިއްޙީ އިރުޝާދު ދިނުން.

- މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް، ކުރަންޖެހޭ ކަންކަން ކުރުމުގައި ޑޮކްޓަރުގެ އިރުޝާދުގެދަށުން މަސައްކަތްކުރުން.

- ޙައްޖު ދަތުރުގައި ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތުގައި ބައިވެރިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (މި ފޯމު ކޯޕަރޭޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޕަރޭޝަނުގެ www.mhcl.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.

ސުންގަޑި:

2016 ޖޫން 5 ވާ އާދީއްތަދުވަހުގެ 15:00 ގެ ކުރިން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުން އެދެމެވެ.

 

 

އިތުރު މަޢުލޫމާތު:

- މި މަޤާމްތަކަށް މީހުން ހޮވުމުގައި ޢަރަބިބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖާއި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މި ކޯޕަރޭޝަނުގެ އީމެއިލް [email protected] އަށް ހުށަހެޅުން އެދެމެވެ.

- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3011000 ނަންބަރު ފޯނަށެވެ.

16 ޝަޢުބާން 1437

23 މޭ 2016
ހޯދާ