ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2: އިންފޮމޭޝަން ޓެކްނޯލޮޖީ / ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޯލޮޖީ

އިޢުލާން

ތިރީގައި މިވަނީ މި ޔުނިވަރސިޓީގައި ޖުލައި 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކެއްގެ މަޢުލޫމާތެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނަން ފަށްޓާނީ 2016 މޭ 25 ވާ ބުދަ ދުވަހުން ފެށިގެންނެވެ. މި ކޯސްތަކަށް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީޚަކީ 2016 ޖޫން ވާ އަންގާރަ ދުވަހުގެ 13:00 ގެކުރިންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފައުންޑޭޝަން ސްޓަޑީޒް

ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2: އިންފޮމޭޝަން ޓެކްނޯލޮޖީ

މުއްދަތު1 އަހަރު (2 ސިމެސްޓަރ)

ޖާގަ:   15 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ސ.ހިތަދޫ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ޖީ.ސީ.އީ އޯ ލެވެލް / އެސް.އެސް.ސީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން.

ފެކަލްޓީ އޮފް ސައިންސް

ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޯލޮޖީ

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 20 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:  ސ.ހިތަދޫ

ތަޢާރުފު:

ވިޔަފާރިއާއި އިންފޮމޭޝަން ޢިލްމުން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ މި ކޯހުގައި ސޮފްޓްވެއަރ ހެދުމާއި އިންފޮމޭޝަން ސިސްޓަމާއި ޑޭޓާ ބޭސް އަދި ހިސާބު ޢިލްމުން ބައިވެރިންނަށް މަޢުލޫމާތާއި ތަމްރީން ދެވެއެވެ. މި ދާއިރާއަކީ ބޮޑު މުސާރަ ލިބޭ، ވަޒީފާގެ ފުރުޞަތުތައް ގިނަ ދާއިރާ އެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީގެ ފައުންޑޭޝަން ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ގުޅުން ހުރި ދާއިރާ އަކުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއެކު ޖީ.ސީ.އީ އޯލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި ގުޅުން ހުރި ދާއިރާއަކުން 3 އަހަރުދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވެފައިވުން.

ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޯލޮޖީ

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ޖާގަ: 20 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް:  ސ.ހިތަދޫ

 ތަޢާރުފު:

ވިޔަފާރިއާއި އިންފޮމޭޝަން ޢިލްމުން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ މި ކޯހުގައި ސޮފްޓްވެއަރ ހެދުމާއި އިންފޮމޭޝަން ސިސްޓަމާއި ޑޭޓާ ބޭސް އަދި ހިސާބު ޢިލްމުން ބައިވެރިންނަށް މަޢުލޫމާތާއި ތަމްރީން ދެވެއެވެ. މި ދާއިރާއަކީ ބޮޑު މުސާރަ ލިބޭ، ވަޒީފާގެ ފުރުޞަތުތައް ގިނަ ދާއިރާ އެކެވެ.

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ހިސާބު ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯ ލެވަލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ.ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން. ނުވަތަ

ނ.ގުޅުން ހުރި ދާއިރާ އަކުން އެމް.ކިޔު.އޭ ގަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ރ.އުމުރުން 18 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް އެއް މާއްދާއިން ފާސްވެފައިވުން އަދި ގުޅުން ހުރި ދާއިރާއަކުން 1 އަހަރުދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

24 މޭ 2016
ހޯދާ