ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ (ޝަރީޢާ / ޤިރާއަތު)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ލެކްޗަރަރ (ޝަރީޢާ / ޤިރާއަތު)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ:

މަހަކު 12,687/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5,437/50 ރުފިޔާ

ފުޑް އެލަވަންސް: މަހަކު -/1،800 ރުފިޔާ (ބިދޭސީންނަށް)

އެކަމަޑޭޝަން ހަމަޖައްސައިދެވޭނެ (ބިދޭސީންނަށް)

އޮފީސް:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތް ކުރަންޖެހޭ ތަން:

ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

ސްޕައިން ޕޮއިންޓް:

40

 

މަޤާމުގެ ޝަރުޠުތައް:

  1. ޝަރީޢާ ނުވަތަ ޤިރާއަތުން މާސްޓާޒް ޑިގްރީ ހާސިލުކޮށްފައިވުން. އަދި
  2. ޝަރީޢާ ނުވަތަ ޤިރާއަތުން ބެޗެލަރޒް ޑިގްރީ ހާސިލުކޮށްފައިވުން. އަދި
  3. ޢަރަބިބަހުން ކިޔަވައިދޭން އެނގުން.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޓޭބަލްކުރެވޭ ގަޑިއާއި، ބަދަލުގައި ނަގަންޖެހޭ ގަޑިތައް، ވަރކްލޯޑް ޕޮލިސީއާ އެއްގޮތަށް ނެގުން.
  • ޓިއުޓޯރިއަލްއާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި، ކްލިނިކަލް ސެޝަންތައް ހިންގުން.
  • ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާ އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، ކޯސް ނިމުނުގޮތުގެ މަޢުލޫމާތު މެނޭޖްމަންޓަށް ދިނުމާއި، އެސައިންމެންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
  • ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސްއާއި ޕަރފޯރމަންސް މޮނިޓަރކޮށް، މެނޭޖްމަންޓަށް މަޢުލޫމާތު ދިނުން.
  • އައު މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.
  • މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް މާކުކޮށް ނިންމުން.
  • ޕާޓްޓައިމް ލެކްޗަރަރއިން ކިޔަވައިދޭ މާއްދާތަކުގެ އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް މާކުކޮށް ނިންމުން.
  • ކިޔަވައިދޭ މާއްދާތަކުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތް ކުރުން.
  • ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކުގައްޔާއި، މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން.
  • އެކަޑަމިކް ރިސަރޗްކުރުމާއި، ރިސަރޗް ޕަބްލިޝްކުރުމުގައި ފެކަލްޓީތަކުގެ ބޭފުޅުންނާއެކު މަސައްކަތްކުރުން.
  • ޕޯސްޓް ގްރެޖުއޭޓް ރިސަރޗް ދަރިވަރުން ސުޕަވައިޒްކުރުން.
  • މާއްދާ ކޯޑިނޭޓްކުރުމާއި ކޯސް ކޯޑިނޭޓްކުރުން.
  • މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • އެޕްލިކޭޝަން ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  • މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ކޮޕީ.
  • ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން މި ޔުނިވަރސިޓީގެ [email protected] އަށް 2016 މޭ 29 ވަނަ ދުވަހުގެ ނިޔަލަށް އީމެއިލްކުރުން އެދެމެވެ.

 12 ޝަޢުބާން 1437

19 މޭ 2016
ހޯދާ