މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
363 ނަންބަރު ކޮށީގައި ޢިމާރާތް ކުރެވިފައިވާ ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ލިބޭ ފްލެޓްތައް އާންމުކޮށް ހުޅުވާލެވިގެން ވިއްކުމާ ބެހޭ

އިޢުލާން

ސަރުކާރުގެ "ގެދޮރުވެރިކަމުން ހިތްފަސޭހަ ދިރިއުޅުން" ސިޔާސަތުގެ ދަށުން ޓީވީ ކޮށީގައި އެފް.ޑަބްލިޔޫ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނާއި ފޯ ޕާލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ރެހެންދި 1 ގެ 1 ފްލެޓް އަދި ރެހެންދި 3 ގެ 10ފްލެޓް ގަންނަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަމުގެ އުސޫލުން ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން، މި 11 ފްލެޓް ގަތުމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި އަދި މަޢުލޫމާތު ކަރުދާސް، 2016 މޭ 24 ވާ އަންގާރަ ދުވަހުގެ 11:00 އިން ފެށިގެން 2016 ޖޫން 14 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް މި މިނިސްޓްރީގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ އާންމު ޚިދުމަތާ ބެހޭބައިގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި ފޯމާއި މަޢުލޫމާތު ކަރުދާސް http://www.housing.gov.mv/v1/announcment/tv-koshi-flat-application-form/ އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. މި ފްލެޓްތައް ގަތުމަށް ބޭނުންވެ ހުށަހަޅާ ފޯމާއެކު ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި، މި ފްލެޓުތައް ވިއްކުމަށް ކަނޑައެޅިފައިވާ އަގާއި، ފްލެޓް ގަތުމަށް އެދި ހުށަހަޅާ ފޯމުތައް އިވެލުއޭޓް ކުރުމަށް ކަނޑައެޅިފައިވާ ގޮތާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވާ ގޮތާއި، އަދި މި ފްލެޓުތަކުގެ ކުރެހުމާއި މިންތައް އަދިވެސް އިތުރު މަޢުލޫމާތު ހިމެނިފައިވާނެއެވެ. މި މިނިސްޓްރީގެ ކައުންޓަރުން ދޫކުރާ ފޯމާއި މަޢުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނީ 21 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށް، ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު ގެނައުމުން 1 ފޯމެވެ.

ވީމާ، ފްލެޓެއް ގަތުމަށް އެދި ހުށަހަޅަންޖެހޭ ފޯމު ފުރުއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުމާއެކު، ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި "363 ކޮށީން ފްލެޓެއް ގަތުމަށް އެދި" ލިޔުއްވުމަށްފަހު، 2016 ޖޫން 15 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. 

23 މޭ 2016
ހޯދާ