މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ޑްރައިވަރ-ކަމް- އެސިސްޓެންޓް (ކޮންޓްރެކްޓް)

މަޤާމް :ޑްރައިވަރ-ކަމް- އެސިސްޓެންޓް (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: ޑްރައިވަރ-ކަމް- އެސިސްޓެންޓް (ކޮންޓްރެކްޓް)

މުއްދަތު: 1 އަހަރު

ބޭނުންވާ އަދަދު: 1

މުސާރަ: މަހަކު -/3470 ރުފިޔާ  

މަސައްކަތު ގަޑި: 8:00 – 14:00

ވަޒީފާ އަދާކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- މިނިސްޓްރީގެ ވެހިކަލްތައް ދުއްވުމާއި ބެލެހެއްޓުން

  • މިނިސްޓްރީގެ ވެހިކަލް ދުއްވުން.
  • ވެހިކަލްތައް މަރާމާތުކުރުން (ކުދި މަރާމާތުތައް).
  • ވެހިކަލްތައް ދޮވެ ސާފުކުރުން (ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން).
  • ވެހިކަލްތަކުގެ އިންޝުއަރެންސް ކުރުމާއި، އަހަރީ ފީދެއްކުމާއި، ރޯޑްވާރދިނަސް ހެދިފައިވޭތޯ ގަވާއިދުން ބަލައި މިކަމާގުޅޭ މަސައްކަތްތައް ކުރުން.
  • ވެހިކަލްތަކުގެ ލޮގްފޮތް ބެލެހެއްޓުން.

2- އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން

  • ސިޓީ ފަދަ ތަކެތި ބަހަންޖެހޭ ހާލަތެއްގައި ބެހުން
  • ވެހިކަލްތަކުގެ މަރާމާތާއި އަދި ވެހިކަލާގުޅޭ އެހެނިހެން ކަންތައްތަކުގެ ރެކޯޑު ބެލެހެއްޓުން.

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

1- މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމަށް ބޭނުންވާ (ކާރު ދުއްވުމުގެ) ލައިސަންސް ހާސިލުކޮށްފައިވުން.

އިތުރު މަޢުލޫމާތު

މުސާރައިގެ އިތުރުން ފޯން އެލަވަންސް އަދި މަސައްކަތު ގަޑީގެ އިތުރުން މަސައްކަތްކުރާ ވަގުތުތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖެހޭނެއެވެ.

ވީމާ، މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 9 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީފޮނުއްވާއިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ވަނަވަރުގައިވާ މަޢުލޫމާތަށް ބާރުދޭ ހުރިހާ ލިޔުންތަކުގެ ކޮޕީ، އަސްލާ އެއްގޮތްކަމަށް އެޓެސްޓް ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

23 މޭ 2016
ހޯދާ