ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމާގުޅޭ

އިޢުލާން

ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމާގުޅޭ

ހޯރަފުށީގައި ދަނޑުވެރިކަން ކުރުމަށް ބިޒްވިލް މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީއަށް ދޫކޮށްފައިވާ ބިމާ އިންވެގެން އުތުރުން އޮތް 28000 (އަށާވީސްހާސް) އަކަފޫޓުގެ ބިން ހަމައެކަނި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް 15 (ފަނަރަ) އަހަރުދުވަހުގެ މުއްދަތަށް ދޫކުރުމަށް ރަށުކައުންސިލްގެ 15/2016 ވަނަ ޢާންމު ޖަލްސާއިން ނިންމާފައިވާތީ، މިއިދާރާއިން 18 އެޕްރީލް 2016 ގައި ކުރި ނަންބަރު: (IUL)247-EDSS/247/2016/21 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯޒަލް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މިކަމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފީމެވެ. މި ބިން ދޫކުރެވޭނީ މިކަމަށް އެދި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރަށުކައުންސިލާއި ރަށުގެ ރައްޔިތުންނަށްވެސް އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށަހަޅައިގެން ޕްރޮޕޯޒަލް ކާމިޔާބުކުރާ ފަރާތަކަށެވެ. ވީމާ، ދަނޑުވެރިކަން ކުރުމަށް ބިން ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

ޕްރޮޕޯޒަލް ހުށަހަޅާ ފޯމު ދޫކުރުމާއި، މަޢުލޫމާތު ދިނުން

26 މޭ 2016

ބުރާސްފަތި

11:00

އަންދާސީހިސާބު ހުށަހަޅަންޖެހޭ ސުންގަޑި

02 ޖޫން 2016

ބުރާސްފަތި

11:00

މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އަންދާސީހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ހާޒިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެންކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. މީގެއިތުރުން އަންދާސީހިސާބު ހުށަހަޅަން ބޭނުންވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ، ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ އަދި ފަރުދުންގެ ވިޔަފާރި ރަޖިސްޓްރޭޝަން ސެޓުފިކެޓު ހުށަހަޅަންވާނެއެވެ. އަދި އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޝަޢުބާން 1437

22 މޭ 2016
ހޯދާ