ހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ  

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ނަންބަރު:

J-258847

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުޅުދޫ ސްކޫލް / ސ. ހުޅުދޫ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ހ.  ދަރިވަރުންގެ ރަޖިސްޓްރީ ގަވައިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

ށ. ދަރިވަރުންގެ ލީވިންގ ސެޓްފިކެޓްތައް ތައްޔާރުކޮށް ރިކޯޑް ބެލެހެއްޓުން.

ނ. ސްކޫލުން ބާއްވާ ބައްދަލުވުންތަކަށް ފޮނުވަންޖެހޭ ނޯޓިސް ފޮނުވުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

ރ. މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

ބ. ސްކޫލުގައި ކުރަންޖެހޭ ތަފާސްހިސާބާ ގުޅޭ މަސައްކަތްތައް ކުރުމާއި، ރެކޯޑް ބެލެހެއްޓުން.

ޅ. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކުރުން.

ކ. ޕާސަނަލް ފައިލް ބެލެހެއްޓުން.

އ. ސްޓޮކް ބެލެހެއްޓުން.

ވ. އިންވެންޓްރީ ބެލެހެއްޓުން.

މ. ސީނިޔަރ މެނޭޖްމަންޓުގެ އޯވަޓައިމް ކަންތައް ބެލެހެއްޓުމާއި، ސެޕް ތައއްޔާރުކުރުމާއި، އަޕްޑޭޓް ކުރުން.

ފ. ސްކޫލަށް ލިބޭ ބިލްތަކަށް ފައިސާ ދެއްކުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ދ. ބަޖެޓް ރިޕޯޓްތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

ތ. ލިބޭ މެއިލްތަކަށް ޖަވާބު ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

ލ. އޮފީސް ހުޅުވައި، ލެއްޕުން.

ގ. ވަޒީފާތަކަށް ބޭނުންވާ އެންމެހައި މުއައްޒަފުން ހަމަޖެއްސުމާއި، ވަޒީފާ ބަޔާން ތައްޔާރުކުރުން.

ޏ. މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން.

ސ. ސެޝަންތަކުގެ ސުޕަވައިޒަރުންނަށް އެހީތެރިވުން.

ޑ. ދުވަހުގެ ޔައުމިއްޔާތައް ލިޔެ ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

މަޤާމުގެ ނަން

މަޤާމުގެ ކްލެސިފިކޭޝަން

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ

ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ 1

ޖީ.އެސް.3

  1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ހިއުމަން ރިސޯސް މެނެޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ހިއުމަން ރިސޯސް މެނެޖްމަންޓުގެ ދާއިރާއެއްގައި 2  އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

 

 

މަހަކު -/4،465 ރުފިޔާ

 

 

 

މަހަކު -/1،500 ރުފިޔާ

 

އިތުރު އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

1. ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، އެހެނިހެން ސެޓުފިކެޓުތަކުގެ އެކްރެޑިޓް ފޮޓޯކޮޕީތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ)

3. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ.

6. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ނޯޓު: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިންޓަވިއުކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 މޭ 31 ވާ އަންގާރަދުވަހުގެ މެންދުރު 12:00 ގެ ކުރިން، މި ސްކޫލުގެ އޮފީހަށް، ވަޒީފާއަށް އެދޭ ފޯމާއި، މަތީގައިވާ ލިޔުންތައް ހުށަހެޅުން އެދެމެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސަވައިދެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، 6894068 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6894574 އެވެ.  އީމެއިލް އެޑްރެހަކީ، [email protected] އެވެ.

 16 ޝަޢުބާން 1437

23 މޭ 2016
ހޯދާ