ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރެއް ބޭނުންވެއްޖެ

މަޤާމް :އޮފިސަރ
ބޭނުންވާ އަދަދު :1

ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: އޮފިސަރ ގރ.1

އަދަދު: 1

މުސާރަ: -/4350ރ

ވަޒީފާގެ ބާވަތް: ކޮންޓުރެކްޓު (1 އަހަރު)

މަސައްކަތް ކުރަންޖެހޭތަން:  ރީޖަނަލް ސޭލްސް އޮފީސް / އެސްޓީއޯ ޓްރޭޑް ސެންޓަރ

އެހެނިހެން ޢިނާޔަތްތައް:

- އިތުރު އެލަވަންސް: -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

- އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ގާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

- ޕެންޝަން

- ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

- މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު: 

  • ރީޖަނަލް ފިހާރަތަކުގެ މުދަލުގެ ސްޓޮކް ހަމަތޯ ބަލައި ޗެކް ކުރުމާއި އަދި މުދާ ހުސްވިޔަނުދީ ހަމަކުރުވުން
  • މުއްދަތު ހަމަވާ މުދާތަކުގެ ލިސްޓު ނަގައި އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  • ޑިޕާޓްމަންޓުގެ މީޓިންގތައް ހަމަޖެއްސުން އަދި މީޓިންގތަކުގެ ޔައުމިއްޔާ ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ:

  • ޖީ.ސީ.އީ. އޯލެވެލް ފުރިހަމަކޮށްފައިވުން
  • މައިކްރޯސޮޕްޓް އޮފީސް އެޕްލިކޭޝަން ބޭނުން ކުރަން އެނގުން
  • މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑުއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ. 

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ. 

އެޑުރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑުއޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން: 33344333 ، 3344273  ފެކުސް:3344341   ވެބްސައިޓު: www.sto.mv
  • އީމެއިލް: [email protected]
22 މޭ 2016
ހޯދާ