ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރުން ބޭނުންވެއްޖެ

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :3

ތިރީގައި މިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ލޭބަރަރ ގރ. 1

އަދަދު: 03

މުސާރަ: -/3240ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 މަސް)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ހުޅުމާލެ ފިހާރަ

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ގާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ޕެންޝަން: ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަނަށް ފައިސާ ހަމަޖައްސައިދެވޭނެއެވެ.  

މަޤާމުގެ މަސްއޫލިއްޔަތު:

* އޯޑަރުތަކަށް މުދާ ޑެލިވަރީކޮށް މުދާ ސައިޓްތަކުގައި ޖެއްސުން.

* ފިހާރައަށް ގެނެވޭ މުދާ (ފިޔާ، އަލުވި، ބިސް) ގުދަނުގައި ޖެއްސުމާއި އަދި ދޮވެ ސާފުކުރުން.

* ރެކްތަކުން ހިރަފުސް ފޮޅުމާއި އަދި މުދާ ޖެއްސުމަށް އެހީތެރިވެދިނުން.

* ޑެލިވަރީ ކުރާ މުދާ ވެހިކަލަށް އެރުވުމަށް އެހީތެރިވުން.

ތަޢުލީމާއި ތަޖުރިބާ

* ދިވެހި އަދި އިނގިރޭސިބަހުން ލިޔަންކިޔަން އެނގުން

* ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން

* މީހުންނާ ގުޅިގެން މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން

* މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓީއޯ ހުޅުމާލެ ފިހާރައިންނާއި އެސްޓީއޯގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272  ފެކްސް: 3344041

ވެބްސައިޓް: www.sto.mv

އެސްޓީއޯ ހުޅުމާލެ ފިހާރަ

ބަގީޗާހިނގުން ، ކ. ހުޅުމާލެ

ފޯން: 3012647

15 ޝަޢުބާން 1437

22 މޭ 2016
ހޯދާ