މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދުނިޔޭގެ ޞިއްޙަތު ދުވަހުގެ އެވޯޑުތަކާގުޅޭ

އިޢުލާން

ދުނިޔޭގެ ޞިއްޙަތު ދުވަހުގެ އެވޯޑުތަކާގުޅޭ

2017 ވަނަ އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހު ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރެއިން "ޞިއްޙީ ދާއިރާއަށް ފާހަގަ ކޮށްލެވޭފަދަ ޚިދުމަތެއް ކޮށްދީފައިވާ އަމިއްލަ ފަރާތްތަކަށް ދެވޭ އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ވަނަ އަހަރުގެ ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއި އެވޯޑަށް ކަނޑައެޅިފައިވާ ހުރިހާ ލިޔެކިޔުންތައް ރޯޝަނީ ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އެވޯޑާބެހޭ އިތުރު މަޢުލޫމާތުތައް މި މިނިސްޓްރީގެ ވެބްސައިޓު http://www.health.gov.mv އިން ލިބިވަޑައިގަންނަވާނެ ވާހަކަވެސް ތިޔަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިއެވޯޑާ ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު ޑިވިޜަނަށް 33228887، އެކްސްޓެންޝަން: 148 އަދި އެކްސްޓެންޝަން: 471 އާ ގުޅުއްވުން އެދެމެވެ.

16 ޝަޢުބާން 1437 
23 މޭ 2016
ހޯދާ