ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިންގާ ކޮމެޓީ އިންޚާބު ކުރުމާބެހޭ

އިޢުލާން

ހިންގާ ކޮމެޓީ އިންޚާބު ކުރުމާބެހޭ

23 ފެބުރުވަރީ 2016 ވަނަ ދުވަހު ބޭއްވުނު މިއެސޯސިއޭޝަންގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައިވާ ގޮތުގެ މަތިން މިއެސޯސިއޭޝަންގެ 2016 އިން 2020 އަށް އިންތިޚާބު ކުރެވޭ ހިންގާ ކޮމިޓީގެ އިންތިޚާބު 27 ޖޫން 2016 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ. އަދި މި އިންތިޚާބުގައި މިއެސޯސިއޭޝަންގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މެންބަރުން ހޮވުމަށްޓަކައި، އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު، މި އެސޯސިއޭޝަންގެ ފުރިހަމަ މެންބަރުންނަށް ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.

ފުރިހަމަ މެންބަރުންގެ ގޮތުގައި ބެލެވޭނީ 2016 ވަނަ އަހަރުގެ އަހަރީ ފީ ދައްކާފައިވާ، އުމުރުން 18 އަހަރު ފުރިފައިވާ މެންބަރުންނެވެ. އަދި 2016 ވަނަ އަހަރުގެ އަހަރީ ފީ ދައްކާފައިވާ ކުލަބު/ޖަމްޢިއްޔާތަކެވެ.

(1) ރައީސް

(2) ނައިބު ރައީސް

(3) ޚަޒާންދާރު

(4) ފުރިހަމަ މެންބަރުންގެ ގޮތުގައި ހިމެނޭ ކުލަބު، ޖަމްޢިއްޔާތަކުން 1 މެންބަރު

(5) ފަރުދީ މެންބަރުންގެ ތެރެއިން 1 (އެކެއް) ފިރިހެން މެންބަރު

(6) އެސޯސިއޭޓް މެންބަރުން ތަމްސީލު ކުރާ 1 މެންބަރު

(7) ފަރުދީ މެންބަރުންގެ ތެރެއިން 1 (އެކެއް) އަންހެން މެންބަރު

ނޯޓް:

ފުރިހަމަ މެމްބަރުންގެ ގޮތުގައި ހިމެނޭ ކުލަބު، ޖަމްޢިއްޔާ ފަދަ ފަރާތްތަކުން ހިންގާ ކޮމެޓީގައި ހިމެނުމަށް ހުށަހަޅާނީ އެކުލަބެއްގައި ނުވަތަ ޖަމްޢިއްޔާއެއްގައި ރަޖިސްޓަރީވެފައިވާ މެންބަރުންގެ ތެރެއިން 1 (އެކެއް) މެންބަރެވެ.

ވީމާ، މިއެސޯސިއޭޝަންގެ މެންބަރުންގެ ތެރެއިން، މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފުރިހަމަ މެންބަރުން 19 ޖޫން 2016 ވާ އާދީއްތަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން، ކުރިމަތިލައްވާ މަޤާމު ބަޔާންކޮށް، މި އެސޯސިއޭޝަނަށް ސިޓީ ފޮނުއްވުން އެދެމެވެ. އަދި ފޮނުއްވާ ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ.

18 މޭ 2016
ހޯދާ