މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
1437 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތަކާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ބަންދުކުރަންޖެހޭ ގަޑި

އިޢުލާން

1437 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތަކާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ބަންދުކުރަންޖެހޭ ގަޑި

ސައިހޮޓަލާއި ރެސްޓޯރަންޓު ހިންގުމުގެ ގަވާއިދު އަދި ކެންޓީނު ހިންގުމުގެ ގަވާއިދުގެ ދަށުން، 1437 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތަކާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ސައި ހޮޓާ، ރެސްޓޯރަންޓު އަދި ކެންޓީނު ފަދަ ތަންތަން، ކެއިންބުއިމުގު ޚިދުމަތްދިނުމަށް ހުޅުވާފައި ބަހައްޓަންވާނީ އެ ދުވަހެއްގެ އިރުއޮއްސުމާ ހަމައިން ފެށިގެން މެންދަމު 3:00 އާ ދެމެދުގައެވެ.

ވީމާ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށް އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

9 ޝަޢުބާން‏ 1437

16 މޭ 2016
ހޯދާ