މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އަޔުރުވެދާ އެކްސްޕޯ 2016

އިޢުލާން

"އަޔުރުވެދާ އެކްސްޕޯ 2016 " އާ ގުޅޭ

ސްރީލަންކާގެ ނެޝެނަލް ޗެމްބަރސް އޮފް ކޮމަރސް އިން އިންތިޒާމުކޮށްގެން މި އަހަރު ޖުލައިމަހުގެ 8 ން 10 އަށް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް އިންޑިޖިނަސް ހެލްތުކެއަރ އެގްޒިބިޝަން – އަޔުރުވެދާ އެކްސްޕޯ 2016" ގައި ބައިވެރިވުމަށް ސްރީލަންކާގެ އެކްސްޕޯ ޑިވެލޮޕްމަންޓް ބޯޑުން ދިވެހިރާއްޖޭގެ ކުންފުނިތަކަށާއި ފަރުދުންނަށް ދަޢުވަތު ދެއްވާފައިވެއެވެ. މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް ތިންދުވަހުގެ އެކޮމަޑޭޝަން (ބެޑް އެންޑް ބްރެކްފަސްޓް) ސްރީލަންކާގެ އެކްސްޕޯ ޑިވެލޮޕްމަންޓް ބޯޑުން ހަމަޖައްސަވާނެކަމުގައިވެސް ވަނީ އަންގަވާފައެވެ.

ވީމާ، ދިވެހިރާއްޖޭގައި ހިންގާ ހޮސްޕިޓަލް، ކުލިނިކް، އަދި ދިވެހިބޭސް ކުރާ ފަރާތްތަކުގެ ތެރެއިން، މި މައުރަޒުގައި ބައިވެރިވަޑައިގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 މޭ 2016 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ސިޓީއަކުން މި މިނިސްޓްރީއަށް އަންގަވައިދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3014483 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

17 މޭ 2016
ހޯދާ