މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
1 އަހަރަށް ގުދަނެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މިނިސްޓްރީގެ ލިޔެކިއުންތައް ރައްކާކުރުމަށްޓަކައި އެކަށީގެންވާ ގުދަނެއް 1 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-AP/1/2016/46 (28 އޭޕްރިލް 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ވަޑައިގެންފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.   

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 26 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

08 ޝައުބާން 1437
09 މޭ 2016
ހޯދާ