ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމާގުޅޭ

އިޢުލާން

މި ޑިޕާޓްމަންޓްގެ ނަންބަރު 198-L/2016/44 (24 އެޕްރީލް 2016) އިޢުލާނުން ހުޅުވައިލެވުނު، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމަށް މިއަހަރު ބާއްވާ ފުރަތަމަ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، ތަފާތު އެކި ސަބަބުތަކާހުރެ އެޕްލިކޭޝަން ފޯމު ހުށަހެޅިފައިނުވާ ގިނަ ފަރާތްތަކެއް ތިބުމުގެ ސަބަބުން، އެ ފަރާތްތަކަށް އެ ފުރުޞަތު ލިބިދިނުމުގެ ގޮތުން، މި އަހަރު ބާއްވާ ޤާނޫނީ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު 17 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

"ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމު" މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv އަދި lawyers.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި މި އިޢުލާނުގެ ކުރިން މި ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ހުށަހަޅަން ނުޖެހޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

05 ޝަޢުބާން 1437

15 މޭ 2016
ހޯދާ