މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ.
ދިވެހިރާއްޖެ
2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް

އެމްޓީޑީސީގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް

ޖަލްސާގެ ދަޢުވަތު

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ (އެމްޓީޑީސީ) ގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ކުންފުނީގެ އެންމެހައި ހިއްސާދާރުންނަށް ދަޢުވަތު އަރުވަމެވެ.  އެމްޓީޑީސީގެ ހިއްސާދާރުންގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައި އިސްލާމީ މަރުކަޒުގެ (މާލެ، ދިވެހިރާއްޖެ) ޖަލްސާކުރާ މާލަމުގައެވެ. ޖަލްސާގެ ރެޖިސްޓްރޭޝަން ކުރިޔަށްދާނީ 2016 މޭ 19 ވަނަ ދުވަހުގެ ރޭ 8:15 އާއި 8:55 އާ ދެމެދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓަރީކުރައްވަން ވަޑައިގަންނަވާއިރު އެ ބޭފުޅެއްގެ އައިޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

ޖަލްސާގެ އެޖެންޑާ

  1. ކީރިތި ޤުރުއާންގެ ބަރަކާތުން ޖަލްސާ ފެށުން.
  2. 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔަޢުމިއްޔާ ފާސްކުރުން.
  3. 2015 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓް ކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓު ފާސްކުރުން.
  4. 2016 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ޢައްޔަން ކުރުމާއި އުޖޫރަ ކަނޑައެޅުން.
  5. ހިއްސާދާރުންނަށް ބަހާނެ ފައިދާއާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމުން.
  6. ކުރިއަށް އޮތް އަހަރަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން ޢައްޔަން ކުރުން.
  7. ހިއްސާދާރުންގެ ޚިޔާލު ފާޅުކުރެއްވުން.
  8. ޖަލްސާ ނިންމުން.

ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް

މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ 2016 މޭ 12 ވަނަ ދުވަހުގެ މެންދުރު 12:00 ނިޔަލަށް މިކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނިފައިވާ ފަރާތްތަކަށްކަމުގައި ދެންނެވީމެވެ. 

ޕްރޮކްސީ ހުށަހެޅުން

ޖަލްސާއަށް ވަޑައިގެންނެވެން ނެތް ބޭފުޅުންނަށް ޕްރޮކްސީއެއް އައްޔަންކުރެވޭ ގޮތް ވަނީހަމަޖެހިފައެވެ. ޕްރޮކްސީފޯމް ލިބިވަޑައިގަންނަވާނީ ބަންދު ނޫން ކޮންމެ ދުވަހަކު އެމްޓީޑީސީގެ މައިއޮފީހުންނާއި މި ކުންފުނީގެ ވެބްސައިޓް www.mtdc.com.mv އިންނެވެ. ޕްރޮކްސީ ފޯމުގައި ޕްރޮކްސީ ފޯމު ހުށަހެޅުގެ އުސޫލުތައް ހިމެނިފައިވާނެއެވެ.

އަހަރީ އާންމު ޖަލްސާގައި ވޯޓް ދިނުމުގެ އުސޫލު ފަދަ އިތުރު މަޢުލޫމާތު އަދި މަތީގައި ދެންނެވިފައިވާ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ އައިޓަމްތަކާގުޅޭ އިތުރު މަޢުލޫމާތުތައް މި ކުންފުނީގެ ވެބްސައިޓް www.mtdc.com.mv އިންނާއި އެމްޓީޑީސީގެ މައިއޮފީހުން ލިބިވަޑައިގަންނަވާނެއެވެ.

05 މޭ 2016
ހޯދާ