ކެންދޫ ސްކޫލް
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސްޕޯޓްސް ސުޕަވައިޒަރ

މަޤާމުގެ ގިންތި:

ދާއިމީ

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގުރޭޑް 2

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މުސާރަ:

މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ މަސައްކަތް ކުރަންޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމު އޮތް އޮފީސް:

ކެންދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ކެންދޫ ސްކޫލް / ބ. ކެންދޫ

މައިގަނޑު މަސްއޫލިއްޔަތު:

1. ސްކޫލުގައި ހިންގޭ ކުޅިވަރުތަކާ ގުޅޭ ހުރިހާ ހަރަކާތެއް، ޕްރިންސިޕަލް ނުވަތަ ޑެޕިޔުޓީ ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ރާވައި ހިންގުން.

2. ހަށިގަނޑުގެ ތަރުބިއްޔަތު ގަޑިއަށް އެކި ގްރޭޑްތަކަށް ބޭނުންވާ ތަކެތި ހޯދައި، އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައްކޮށް އެތަކެތި ހަމަކުރުން.

3. ހަށިގަނޑުގެ ތަރުބިއްޔަތު ގަޑީގައި ޓީޗަރުން އެ ގަޑި ނަންގަވާގޮތް އޮބްޒަރވްކޮށް، ޓީޗަރުންނަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން (ހަފްތާއަކު މަދުވެގެން 1 ގަޑި އޮބްޒަރވްކޮށް ފީޑްބެކް ދިނުން)

4. ޕީ.އީ ނަގައިދޭ ޓީޗަރަކަށް ހާޒިރުނުވެވޭ ހާލަތްތަކުގައި އެ ޓީޗަރުންގެ ޕީ.އީ ގަޑިތައް ނެގުން.

5. އިންޓަރކްލާހަށް އަމާޒުކޮށްގެން ރާވާ ހަރަކާތްތަކުގެ ފަރިތަކުރުމުގެ ތާވަލް ތައްޔާރުކުރުމާއި، މުބާރާތް ރާވައި ހިންގުން.

6. އިންޓަރކްލާސް މުބާރާތްތަކުގެ ފަރިތަކުރުންތަކުގައި ޓީޗަރުންނަށް އެހީތެރިވުން.

7. ދަރިވަރުންގެ ކިބައިގައިވާ ތަފާތު ހުނަރުތައް (ކުޅިވަރާގުޅޭ) ދެނެގަނެ، އެ ހުނަރުތައް ތަރައްޤީކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުން.

8. ކުޅިވަރު ހަރަކާތްތަކަށް އަންނަ ދަރިވަރުން ސްކޫލުގެ ގަވާއިދުތަކަށް ކިޔަމަންވޭތޯ ބަލައި، ގަވާއިދާ ޚިލާފުވާނަމަ، އެކަން އިޞްލާޙުކުރުން.

9. ރިސޯސްބޭފުޅަކަށް ޕްރެކްޓިސްއަށް ހާޒިރުނުވެވިއްޖެ ހިނދެއްގައި ދަރިވަރުންގެ ކަންތައްތައް ރަނގަޅަށް ބަލައި މޮނިޓަރކުރުމާއި، ޕްރެކްޓިސް ގަޑި ނަގައިދިނުން.    

މަޤާމުގެ ދާއިރާ:

- ކުޅިވަރުގެ ދާއިރާ                                                       

- ކިޔަވައިދިނުމުގެ ދާއިރާ

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަތީ  ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'އީ'  ގްރޭޑް  ލިބިފައިވުމުގެ  އިތުރުން،  ހަޔަރ  ސެކަންޑަރީ  ސްކޫލް  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3- ސާނަވީ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚުލާޤު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތައްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައި)

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔެކިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.

- ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރުމުއްދަތުގެ ކޯހާއި ވޯރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފަ އަސްލު.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

- ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާ ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާކުރާ ފޯމު"

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ޝަރުޠު ހަމަވާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، މަތީގައި ބަޔާކުރެވިފައިވާ ތަކެތި ފުރިހަމަކުރުމަށްފަހު، 2016 މޭ 17 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:
މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، 2016 މޭ 18 ވާ ބުދަދުވަހު، ކެންދޫ ސްކޫލުގައެވެ.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ، ވަޒީފާއަށް އެދޭ ފޯމު، މިސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، 6600315 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

28 ރަޖަބު 1437

05 މޭ 2016
ހޯދާ