އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޕީ.އޭ.ބީ.އެކްސް ސިސްޓަމެއް ގަންނަން ބޭނުންވެގެން

އިޢުލާން

ޕީ.އޭ.ބީ.އެކްސް ސިސްޓަމެއް ގަންނަން ބޭނުންވެއްޖެ.

މި އެޖެންސީގެ ނަންބަރު: (IUL) 203-ADMIN/1/2016/9  އިއުލާނާ ގުޅިގެން، ޕީ.އޭ.ބީ.އެކްސް ސިސްޓަމު ވިއްކުމަށް، އެކަށީގެންވާ މިންވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ޕީ.އޭ.ބީ.އެކްސް ސިސްޓަމެއް ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އެޖެންސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އެޖެންސީއަށް ވަޑައިގެން އަގުހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

25 ރަޖަބު 1437

02 މޭ 2016
ހޯދާ