އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ޓީވީ ވިއްކާނެ ފަރާތެއް ހޯދުމަށް

ޓީވީ ވިއްކާނެ ފަރާތެއް ހޯދުމާ ގުޅޭ

މި ސްކޫލަށް ބޭނުންވާ 7 (ހަތެއް) ޓީވީ ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ސްކޫލަށް ޓީވީ ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 17 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި ސްކޫލުގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސްކޫލުން ދޫކުރާ އަންދާސީހިސާބު ފޯމުންނެވެ. މި ފޯމު ދޫކުރެވޭނީ މިކަމަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަތުމުން މަޢުލޫމާތު ދޭ ގަޑީގައެވެ.

މަޢުލޫމާތު ސާފުކުރައްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވާ ފަރާތެއްކަން އެނގޭނެ، ފޮނުއްވާ ފަރާތުގެ ސިޓީއަކާއި، އައި.ޑީ ކާޑުގެ ދެފުށުގެ ސާފުކޮޕީއެއްގެ އިތުރުން ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

މިކަމާ ގުޅިގެންދެވޭ މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، އަންދާސީހިސާބު ފޯމު ފުރިހަމަނުކޮށް ހުށަހަޅާ އަންދާސީހިސާބުތަކާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ސުންގަޑީގެ ކުރިންނާއި ފަހުން ހުށަހަޅުއްވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެއެވެ. އަދި މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުނަމަވެސް އެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އިޢުލާނުކުރީމެވެ.   

26 ރަޖަބު 1437

03 މޭ 2016
ހޯދާ