އދ. އޮމަދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރިސްކޫލެއް ޤާއިމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް

 
އިޢުލާން

ނައިފަރުގައި ބައިނަލްއަޤުވާމީ ޕްރީސްކޫލް ތަޢުލީމު ފޯރުކޮށްދޭ ސްކޫލެއް ޤާއިމުކުރުމަށްޓަކައި ބިޑް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ބައިނަލްއަޤުވާމީ ފެންވަރުގައި ފޯރުކޮށްދެވޭ ޕްރޮފިޝަނަލް ޕްރީސްކޫލް ތަޢުލީމެއްގެ ފުރުޞަތު ނައިފަރުގެ ތުއްތު ކުދިންނަށް ފަހިކުރުމުގެ ގޮތުން ރޯޝަނީ ޕްރީސްކޫލް ހިންގަމުން ގެންދިޔަ ޢިމާރާތުގައި ޕްރީސްކޫލް ތަޢުލީމު ފޯރުކޮށްދޭ ސްކޫލެއް ޤާއިމުކޮށް ހިންގުމުގެ ފުރުޞަތު ހުޅުވައިލައި އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ ނުވަތަ ފޯނުން ގުޅައިގެން ޕްރީބިޑް ޑޮކިއުމެންޓް ހޯއްދެވުން އެދެމެވެ. މިބިޑާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2016 މޭ 09 ވަނަ ދުވަހުގެ ރޭގަނޑު 21:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ޕްރީބިޑް މީޓިންގގައި ބައިވެރިނުވާ ފަރާތްތަކަށްވެސް ބިޑު ހުށަހެޅިދާނެއެވެ.

ބިޑު ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2016 މޭ 19 ވަނަ ދުވަހުގެ 21:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. މި ވަގުތުގެ ފަހުން ހުށަހަޅާ ބިޑް ޕްރޮޕޯސަލް ބަލައެއްނުގަނެވޭނެއެވެ.

އެންމެ ފަރާތަކުން ބިޑް ޕްރޮޕޯސަލް ހުށަހެޅިކަމުގައި ވިޔަސް ބިޑު އިވެލުއޭޓްކުރުމަށްފަހު، ބިޑް ޑޮކިއުމަންޓް ބުނާ މިންގަނޑުން މާރކްސް ލިބިފައިވާނަމަ އެ ފަރާތަކާ ބިޑު އެވޯރޑްކޮށް އެގްރިމެންޓް ކުރެވޭނެއެވެ.

މި އިޢުލާންގެ ދަށުން ދޫކުރެވޭ ޢިމާރާތުގައި ބިޑު ޑޮކިއުމެންޓް ކަރުދާހުގައިވާ ފަދައިން ޕްރީސްކޫލް ތަޢުލީމު ފޯރުކޮށްދިނުން ލާޒިމުވާނެއެވެ. އަދި ބިޑު ކާމިޔާބުކުރައްވާ ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި ޢިމާރާތުގައި ތަޢުލީމީ އެހެން ޚިދުމަތްތައްވެސް ފޯރުކޮށްދެވިދާނެއެވެ.

03 މޭ 2016
ހޯދާ