މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު


މި މިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

މެޑިކަލް އޮފިސަރ

ބޭނުންވާ އަދަދު

01

 

ރޭންކް: CS12-1

މުސާރަ

މަހަކު -/15090 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/6150 ރުފިޔާ

ޑިވިޝަން / ސެކްޝަން

ކޮލިޓީ އެޝުއަރެންސް ޑިވިޝަން / ސްޓޭންޑަރޑްސް އެންޑް ގައިޑްލައިންސް

ތަޢުލީމާއި ތަޖުރިބާ

 

މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޞިއްޙީ ދާއިރާގެ ޑޮކްޓަރުން ނަށް ބޭނުންވާ އެންމެހައި ގައިޑްލައިންތަކާއި، ސްޓޭންޑަޑްތަކާއި، ޕްރޮޓޮކޯލްތަކާއި، އެސް.އޯ.ޕީތައް ތައްޔާރުކުރުމާއި ޞިއްޙީ ޚިދުމަތްތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ރިވިއުކުރުމުގައި ތައްޔާރުކުރަންޖެހޭ "ސީކުއެންސް އޮފް އިވެންޓް" ޑޮކްޓަރސް ނޯޓް ބަލައިގެން ލިޔުމާއި މެޑިކަލް ރިކޯޑްތަކާއި މައްސަލަތައް ރިވިއުކުރުމާއި އަދި ޞިއްޙީ ޚިދުމަތްދޭ ތަންތަން (މާލެއާއި އަތޮޅުތެރެ) އިންސްޕެކްޓްކޮށް މޮނިޓަރ ކުރަމުންދާއިރު ޑޮކްޓަރުންގެ މަސައްކަތްތަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލައި ރިޕޯޓު ތައްޔާރު ކުރުން.

މަޤާމު

ސީނިއަރ ރެޖިސްޓަރޑް ނަރސް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރާޑް 2

ރޭންކް:MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ޑިވިޝަން / ސެކްޝަން

ކޮލިޓީ އެޝުއަރެންސް ޑިވިޝަން / ސްޓޭންޑަޑްސް އެންޑް ގައިޑްލައިންސް

ތަޢުލީމާއި ތަޖުރިބާ

 

  1. ނާރސިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ނާރސިންގގެ ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ނާރސިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޞިއްޙީ ދާއިރާގެ މަސައްކަތްކުރައްވަމުން ގެންދަވާ ނަރުހުންގެ ދާއިރާގެ އެންމެހައި ގައިޑްލައިންތަކާއި، ސްޓޭންޑަޑްތަކާއި، ޕްރޮޓޮކޯލްތަކާއި، އެސް.އޯ.ޕީތައް ތައްޔާރުކުމާއި ޞިއްޙީ ޚިދުމަތްތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ރިވިއުކުރުމުގައި ތައްޔާރުކުރަންޖެހޭ "ސީކުއެންސް އޮފް އިވެންޓް" ނާރސެސް ނޯޓް ބަލައިގެން ލިޔުމާއި މެޑިކަލް ރިކޯޑްސްތަކާއި މައްސަލަތައް ރިވިއުކުރުމާއި އަދި ޞިއްޙީ ޚިދުމަތްދޭ ތަންތަން (މާލެއާއި އަތޮޅުތެރެ) އިންސްޕެކްޓްކޮށް މޮނިޓަރ ކުރަމުންދާއިރު ނަރުހުންނާ ގުޅޭ ކަންކަން އިންސްޕެކްޓްކޮށް ރިޕޯޓު ތައްޔާރުކުރުން.

މަޤާމު

ލީގަލް އޮފިސަރ

ބޭނުންވާ އަދަދު

01

 

ރޭންކް: CS9-2

މުސާރަ

މަހަކު -/10,020 ރުފިޔާ

ސަރވިސް އެލަވަންސް

ދުވާލަކަށް -/120 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ޑިވިޝަން / ސެކްޝަން/ޔުނިޓް

ލީގަލް އެފެއާޒް

ތަޢުލީމާއި ތަޖުރިބާ

 

ގާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޞިއްޙީ ދާއިރާއާ ގުޅުން ހުރި ޤާނޫނުތައް އެކުލަވައިލުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރުމާއި ޞިއްޙީ ދާއިރާއާއި ގުޅުންހުރި ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި އަދި އެކުލަވައިލަންޖެހޭ އެހެނިހެން ގަވާއިދުތަކަށް ގާނޫނީ ބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި ދާއިރާއަށް ހުށަހެޅޭ މައްސަލަތަކަށާއި ޞިއްޙީ ދާއިރާއާ މެދު އުފުލޭ ދަޢުވާތަކާ ގުޅިގެން ދޭންޖެހޭ ޤާނޫނީ ލަފާދިނުން.

މަޤާމު

ސީނިއަރ އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު

01

      މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން / ސެކްޝަން

އެކައުންޓިންގ އެންޑް ފައިނޭންސް ޑިވިޝަން

ތަޢުލީމާއި ތަޖުރިބާ

 

  1. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަންގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަންގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުގެ މުސާރަތައް ފޮނުވުމާއި އެތަންތާނގެ ބަޖެޓްގެ ހުރިހާ ޚަރަދެއް ބެލެހެއްޓުމާއި އެތަންތަނުން ބޭނުންވާ ރިޕޯޓުތައް ހޯދުމާއި އަދި އެތަންތަނުން އެ މަސައްކަތްތައް ކުރަނީ މާލިއްޔަތު ގަވާއިދާ އެއްގޮތޯ ބަލައި އެޑްވާންސްގެ ގޮތުގައި ފޮނުވަންޖެހޭ ފައިސާ އެތަންތަނަށް ފޮނުވުން އަދި ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ފިނޭންސަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުން.

މަޤާމު

އެންފޯސްމަންޓް އޮފިސަރ

ބޭނުންވާ އަދަދު

01

      މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

%35

ޑިވިޝަން / ސެކްޝަން

ކޮލިޓީ އެޝުއަރެންސް ޑިވިޝަން / ލައިސެންސިންގ އެންޑް އެންފޯސްމަންޓް

ތަޢުލީމާއި ތަޖުރިބާ

 

  1. ކޮލިޓީ މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، އޮޑިޓިންގ، ޞިއްޙީ ދާއިރާ، މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކޮލިޓީ މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، އޮޑިޓިންގ، ޞިއްޙީ ދާއިރާ، މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ކޮލިޓީ މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، އޮޑިޓިންގ، ޞިއްޙީ ދާއިރާ، މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުން، ނުވަތަ
  3. ކޮލިޓީ މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، އޮޑިޓިންގ، ޞިއްޙީ ދާއިރާ، މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޞިއްޙީ ޚިދުމަތްދޭ ތަންތަން ރަޖިސްޓަރީކުރުމާއި ލައިސަންސް ދޫކުރުމުގެ މަސައްކަތް ކުރުމާއި ޞިއްޙީ ޚިދުމަތް ދޭ ތަންތަނުން ކުރަން ބޭނުންވާ އިޝްތިހާރުތައް ބަލައި ފާސްކުރުމާއި ޞިއްޙީ ޚިދުމަތް ދޭ ތަންތަނުން ހުށަހަޅާ ޚިދުމަތުގެ އަގުތައް ބަލައި ފާސްކުރުމުގެ މަސައްކަތްތައް ކުރުމާއި އަދި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ޕްރޮފެޝަނަލް މުވައްޒަފުންގެ ރަޖިސްޓަރީއާއި ކުލިނިކްތަކުގެ ރަޖިސްޓަރީ އަޕްޓްޑޭޓް ކޮށް ބެލެހެއްޓުން. އަދި އިނިސްޕެކްޝަންއިން ފާހަގަކޮށް ފިޔަވަޅު އަޅަން ޖެހޭ ތަންތަނަށް ފިޔަވަޅު އެޅުމަށްޓަކައި ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔުން ތައްޔާރުކޮށް ކުލިނިކަށް އެންގުން.

މަޤާމު

ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު

01

      މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން / ސެކްޝަން

ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު

ތަޢުލީމާއި ތަޖުރިބާ

 

  1. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮގްރާމް މެނޭޖްމަންޓް، ޕްރޮގްރާމް އިވެލުއޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮގްރާމް މެނޭޖްމަންޓް، ޕްރޮގްރާމް އިވެލުއޭޝަން ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮގްރާމް މެނޭޖްމަންޓް، ޕްރޮގްރާމް އިވެލުއޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  3. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮގްރާމް މެނޭޖްމަންޓް، ޕްރޮގްރާމް އިވެލުއޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޓެލެމެޑިސިން ޕްރޮޖެކްޓް މޮނިޓަރކުރުން.
  2. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި ޔުނިސެފް އަދި ޔޫއެން.އެފް.ޕީ.އޭ އެހީގައި ހިންގޭ ޕްރޮޖެކްޓްސްތަކުގެ ވޯކްޕްލޭން އަދި މޮނިޓްރިންގެ މަސައްކަތް ވިލަރެސް ކުރުން.
  3. ސެކްޓަރުގެ ޕްރޮޖެކްޓް / ޕްރޮގްރާމްސް / ޑޯނަރ މޮބިލައިޒޭޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރާއްޖެއަށް ވަޑައިގަންނަވާ ބޭރުގެ ވަފުދުތަކުގެ މަސައްކަތްތައް ރާވައި ވިލަރެސް ކުރުން.
  4. ބޭރުގެ އެހީގައި ހިންގާ ޕްރޮގްރާމް/ ޕްރޮޖެކްޓްތަކުގެ އިމްޕްލިމެންޓޭޝަން އަދި ފަންޑާ ގުޅޭގޮތުން ދިމާވާ ދަތިތައް ރިވިއުކޮށް އެކަންތައްތައް ހައްލުކުރުމުގައި އެހީތެރިވުން.
  5. ސެކްޓަރގައި ހިނގާ ޕްރޮޖެކްޓުތައް ޕްރޮޖެކްޓުތަކުގެ މުއްދަތުގެ މެދުތެރެއިންނާއި ނިމޭއިރު މޮނިޓަރ ކުރުން.
  6. ޑަބްލިޔު އެޗް އޯ އާއި އ.ދ ގެ ޖަމްޢިއްޔާތަކުން (ޔުނިސެފް، ޔޫ.އެން.އެފް.ޕީ.އޭ، ޔޫ.އެން.ޑީ.ޕީ ފަދަ) ހިންގާ މިނިސްޓްރީއާ ގުޅުންހުރި ޕްރޮގްރާމް/ ޕްރޮޖެކްޓްތަކުގެ ވާރކްޕްލޭންތަކުގައި ސޮއިކުރުމަށްފަހު ޕްރޮގްރާމް މެނޭޖަރުންނާއި ފޯކަލް ޕޮއިންޓުންނާއި އެހީދޭ ފަރާތާއެކު ބާއްވާ ބައްދަލުވުންތަކާއި އަދި އެހީދޭ ފަރާތްތަކުން އެދިލައްވައިގެން ބާއްވާ ޚާއްޞަ ބައްދަލުވުންތައް ވިލަރެސް ކުރުން.
  7. ސެކްޓަރުގައި ހިނގާ ޕްރޮޖެކްޓުތައް ޕްރޮޖެކްޓުތަކުގެ މުއްދަތުގެ މެދުތެރެއިން އަދި ނިމޭއިރު މޮނިޓަރ ކުރުން.
  8. ހަވާލުކުރެވޭ ޕޮލިސީ ޕްރޮޖެކްޓުތައް/ޕްރޮގްރާމުތައް ކޯޑިނޭޓްކޮށް މޮނިޓަރކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން (ޝޯޓް ޓާރމް ޓްރޭނިންގ) ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ފޯމު ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓްކުރެވޭ 10 ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މޭ ނުވަތ ޖޫން މަހުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ހެލްތުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014437 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

 

 

28 އޭޕްރިލް 2016
ހޯދާ