ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގައި ހުރި ބައެއް ތަކެތި ނީލަން ކިއުން

އިޢުލާން

މި ކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  • 01 ފްރިޖް
  • 01 އޮފީސް ޗެއަރ
  • 01 ފޮޓޯކޮޕީ މެޝިން
  • 06 ވައިޓް ޗެއަރ
  • 01 މެޓަލް ޗެއަރ (ގްރީން ކަލަރ)
  • 01 އެއަރކޯން

މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/800 ރުފިޔާ (އަށްސަތޭކަ) އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/200 ރުފިޔާ (ދުއިސައްތަ) އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެ ތަކެތި ބައްލަވާ މަޢުލުމާތު ސާފުކުރެއްވުމަށް ފަހު، ހުށަހަޅުއްވާ އެންމެ މަތީއަގު ބަންދުކޮށް 2016 މޭ 02 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލުކޮށް އަލުން އެ ތަކެތި ނީލަމަށް ލެވޭނެ ކަމަށާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ.

މި ތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން ނަންބަރު 7793503 ފޯނާގުޅުވުން  އެދެމެވެ.

18 ރަޖަބު 1437

25 އޭޕްރިލް 2016
ހޯދާ