މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
1437 ވަނަ އަހަރުގެ ރަމަޟާންމަހު ކުރާ ޢުމްރާ ދަތުރުގައި، ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ހޯދުން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޯޕަރޭޝަނުގެ ފަރާތުން 1437 ވަނަ އަހަރުގެ ރަމަޟާންމަހު ކުރާ ޢުމްރާ ދަތުރުގައި، ތިރީގައިމިވާ މަޤާމްތަކުގައި، ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ބޭނުންވެއެވެ. 

މަޤާމް:

ކައްކާ

ބޭނުންވާ އަދަދު:

1 (އެކެއް)

 

 

ފެންވަރު ނުވަތަ ޝަރުޠު:

  • މައްކާއާއި، މަދީނާއާއި، މިނާގައި ދިވެހި ޙާޖީންނަށް ކައްކާ ކާންދިނުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކުކަމުގައިވުން.
  • ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި މިޒަމާނުގައި އާއްމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރުކުރަން އެނގޭ މީހަކުކަމުގައިވުން.
  • ކެއްކުމުގެ ހުނަރު ލިބިފައިވުމާއެކު ގިނަ އަދަދެއްގެ ބަޔަކަށް ކައްކާ ކާންދިނުމުގެ ތަޖުރިބާ ލިބިފައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

 

މަސްއޫލިއްޔަތު:

  • ކާ ގަޑިތަކުގެ އިންތިޒާމް އެކަށީގެންވާގޮތެއްގައި ކުރިޔަށްގެންދިޔުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
  • ބަދިގޭގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ކައްކާ ކާންދިނުމުގެ ޚިދުމަތް ދިނުން.
  • ކެއްކުމަށް ބޭނުންވާ ތަކެތި ހޯދުމަށް ބާޒާރުކުރުން.

މަޤާމް:

ކައްކާ އެހީތެރިން

ބޭނުންވާ އަދަދ:ު

2 (ދޭއް)

ފެންވަރު ނުވަތަ ޝަރުޠު:

  • ޙައްޖާއި ޢުމްރާ ދަތުރުގައި ކައްކާ ކާންދިނުމުގެ މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

މަސްއޫލިއްޔަތު:

  • ގަޑިން ގަޑިއަށް ކާންހެދުމާއި، ކާގަޑިތަކުގައި ތަށިމަތި ބެލެހެއްޓުން.
  • ކެއުމުގެ އިންތިޒާމް އެކަށީގެންވާގޮތެއްގައި ކުރިޔަށްގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެދަށުން މަސައްކަތްކުރުން.
  • ކެއްކުމުގެ އެންމެހައި ކަމެއްގައި ކައްކާއިންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމް:

ޑޮކްޓަރު

އަދަދު:

1 (އެކެެއް)

 

 

ފެންވަރު ނުވަތަ ޝަރުޠު:

  • މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައިވުން.      
  • މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.
  • އަންހެނެއްނަމަ، އުމުރުން 45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.
  • ޢަރަބިބަހުން ނުވަތަ އިނގިރޭސި ބަހުން މުޢާމަލާތުކުރަން އެނގޭ މީހަކުކަމުގައިވުން.
  • ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާދިނުމުގެ މަސައްކަތްކޮށް، މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

މަސްއޫލިއްޔަތު:

  • ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި، ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި، ޞިއްޙީ އިރުޝާދު ދިނުން.
  • މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް، ކުރަންޖެހޭ ކަންކަން ކުރުން.
  • ޢުމްރާ ދަތުރުގައި ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
  • މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.

ސުންގަޑި:

2016 މޭ 5 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުން އެދެމެވެ.

 

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އަމީނީމަގު، 20379

މާލެ، ދިވެހިރާއްޖެ

18 ރަޖަބު 1437

25 އޭޕްރިލް 2016
ހޯދާ