މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮޕަރޭޝަންސް އޮފިސަރ ޓްރޭނީ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އޮޕަރޭޝަންސް އޮފިސަރ ޓްރެއިނީ

ބޭނުންވާ އަދަދު:

1 (އެކެއް)

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިވިޜަން:

މެއިލް އޮޕަރޭޝަންސް ޑިވިޜަން

މުސާރަ:

މަހަކު -/4،401 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ އެއް ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/1،890 ރުފިޔާ (އެއްހާސް އަށްސަތޭކަ ނުވަދިހަ ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

 

މަޤާމުގެ ޝަރުޠު:

  • ކުރެވޭ އިންޓަވިއުގައި، މަސައްކަތުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޖީ. ސީ. އީ. އޭލެވެލް އިމްތިޙާނުގެ 1 މާއްދާއިން "ސީ" ފާސް ލިބިފައިވުން ނުވަތަ އެއްށްވުރެ މަތިން ލިބިފައިވުމާއި، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވުމުގެ "ސީ" ގްރޭޑް  ލިބިފައިވުން. ނުވަތަ؛
  • އޯލެވެލް އިމްތިޙާނުގެ 1 މާއްދާއިން "ސީ" ފާސް ލިބިފައިވުން ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުމާއި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން  "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
  • ގްރޭޑް 8 ގެ ފެންވަރު ހުރުމާއި، ކުރެވޭ އިންޓަވިއުން ފާސްވުން.
  • ދިވެހިބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު ލިޔަންކިޔަން އެނގުން.
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުންކުރަން އެނގުން.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން.
  • ވޭތުވެދިޔަ 5 އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.

މަސައްކަތުގެ ދާއިރާ:

މެއިލް އޮޕަރޭޝަންސާ ގުޅުންހުރި މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިޢުލާން ނަންބަރު ބަޔާންކުރަންވާނެއެވެ.)
  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮފީ.
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން.
  • ޕޮލިސް ރިޕޯޓް (ވަޒީފާއަށް ހޮވިއްޖެނަމަ ހުށަހަޅަން ޖެހޭނެއެވެ.)

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ  ފަރާތްތަކުން، ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި، ވަނަވަރާއި، ވަނަވަރާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2016 މޭ 3 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 3 ވަނަ ފަންގިފިލާގައި ހުންނަ، މި އޮފީހުގެ އެޗްއާރު ޑިޕާޓްމަންޓަށް ހުށަހެޅުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި، "ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ،  ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

 

ސިޓީއާއި ލިޔުންތައް ހުށަހަޅަންޖެހޭ އެޑްރެސް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009272، 3009273، 3009274

ފެކްސް: 3321559

އިތުރު މަޢުލޫމާތު:

މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީއާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.

19 ރަޖަބު 1437

25 އޭޕްރިލް 2016
ހޯދާ