ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފައިނޭންޝަލް އެނަލިސްޓް

މަޤާމް :ފައިނޭންޝަލް އެނަލިސްޓް
ބޭނުންވާ އަދަދު :1

އިޢުލާން

 

މަޤާމު:

ފައިނޭންޝަލް އެނަލިސްޓް

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 12,687.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5,437.50  ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

7

ސްޕައިން ޕޮއިންޓް:

40

މަޤާމުގެ ޝަރުޠު:

  • ވަޒީފާގެ މަސްއޫލިއްޔަތުތައް އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި ކުރަން އެނގުން.
  1. އެ މަސައްކަތުގެ ދާއިރާއިން ސެޓުފިކެޓު ލެވެލް 7/8 ގެ ސެޓުފިކެޓަކަށްފަހު 4 އަހަރުދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

1. ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ފޯމެޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ ޕުރޮސީޖަރތަކާ އެއްގޮތަށް ބަޖެޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

2- ޔުނިވަރސިޓީއަށް ލިބޭ އާމްދަނީ ހިސާބުތައް ދުވަހުން ދުވަހަށް ނިންމާ ރިޕޯޓުތައް ތައްޔާރުކުރުން.

3- އާމްދަނީ އާއި ބަޖެޓް އެކައުންޓުތަކުގެ ރިޕޯޓުތައް ތައްޔާރުކުރުވައި ރިކޮންސައިލްކޮށް ދިމާވާ މައްސަލަތައް ޙައްލުކުރުން.

4- ބަޖެޓްތަކުން ޚަރަދު ކުރާނެ މިންވަރު ދެނެގަނެ މަސްތަކަށް ޚަރަދު ކަނޑައަޅައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

5- މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކަންކަން ކުރުމަށް ކަމާބެހޭ މުވައްޒަފުންނަށް މަޢުލޫމާތު ދިނުން.

6- ކައުންސިލަށާއި އެހެން ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު، އާމްދަނީ / ޚަރަދު ރިޕޯޓުތައް ތައްޔާރުކުރުމާއި ކުރުވުން.

7- އާންމު ގޮތެއްގައި ފައިނޭންސް ސެކްޝަންގެ ވެރިޔާގެ އިރުޝާދާ އެއްގޮތަށް ރެވެނިޔު ސެކްޝަން އަދި ބަޖެޓްކޮންޓްރޯލް ސެކްޝަންގެ މަސައްކަތްތައް ރާވައި ހިންގުމުގެ މަސައްކަތްކުރުން.

8- އެކައުންޓިން ސެކްޝަންގެ ވެރިޔާ ޗުއްޓީ ނެގުމުން ނުވަތަ ނުހުންނަ ވަގުތުގައި އެކައުންޓިން ސެކްޝަންގެ މަސައްކަތް ހަވާލުވެ ކުރުން..

9- މީގެ އިތުރުންވެސް ފައިނޭސް ސެކްޝަންގެ މަސައްކަތްތައް އަދި އާންމުގޮތެއްގައި ޔުނިވަރސިޓީގެ ގިނަ މުވައްޒަފުން ބައިވެރިވެގެން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.

 

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުންތައް ގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދުދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާ ނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ. 

ސިޓީ ފޮނުވަންވީ ތާރީޚު:   

2016 މޭ 02 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.

 

25 އޭޕްރިލް 2016
ހޯދާ