ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށި އިމާރާތުގައި ކުލައާއި ދަވާދުލުމާގުޅޭ

އިޢުލާން

ކުނިކޮށި އިމާރާތުގައި ކުލައާއި ދަވާދުލުމާ ގުޅޭ

މިއިދާރާއިން އަންގާގޮތެއްގެ މަތިން އަމިއްލަ ތަކެތީގައި ކުނިކޮށީގައި ކުލައާއި ދަވާދުލައިދޭނެ ފަރާތެއް ހޯދައް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

* މަޢުލޫމާތު ސާފުކުރުން: 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 އަށް

* އަންދާސީހިސާބު ހުށަހެޅުން: 09 މޭ 2016 ވާ ހޯމަ ދުވަހުގެ މެންދުރު 12:30 އަށް

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތަކުން ނަމަ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

17 ރަޖަބު 1437

24 އޭޕްރިލް 2016
ހޯދާ