މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅޭ މެޑިކަލް ކޭސްތައް ރިވިއު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅޭ މެޑިކަލް ކޭސްތައް ރިވިއުކޮށް ރިޕޯޓު ތައްޔާރު ކުރުމާ ގުޅޭ:

މިނިސްޓްރީ އޮފް ހެލްތަށް ހުށަހޭޅޭ މެޑިކަލް އެކިއެކި މައްސަލަތައް، މިނިވަން ފަންނީ މާހިރެއްގެ ހައިސިއްޔަތުން ރިވިއުކޮށް ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވެއެވެ. މި މައްސަލަތައް ރިވިއު ކުރައްވާ ފަރާތްތަކުގެ މަޢުލޫމާތަކީ ސިއްރުކުރެވޭނޭ މަޢުލޫމާތެކެވެ. އަދި މި މަސައްކަތް ކުރައްވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ފައިސާގެ ޢިނާޔަތެއް ދެވޭނެއެވެ.

ބޭނުންވާ ދާއިރާތައް:

  • އޮޕަރޭޝަންގެ ޚާއްޞަ
  • ލޮލުގެ ޚާއްޞަ
  • ކުޑަކަމުދާ ނިޒާމުގެ ޚާއްޞަ
  • ދަތުގެ ޚާއްޞަ
  • އެތެރެހަށީގެ ޚާއްޞަ
  • ކުޑަކުދިންގެ ޚާއްޞަ
  • އަންހެނުންގެ ޚާއްޞަ
  • ކަށީގެ ޚާއްޞަ

އުޖޫރައާއި އެލަވަންސް އަދި މަސައްކަތުގެ މުއްދަތު:

  • ރިވިއު ކުރެވޭ ކޮންމެ ކޭހަކަށް އުޖޫރައެއް ރިވިއު ކުރާ ފަރާތަށް ދެވޭނެ
  • ކޭސް ހަވާލުކުރެވޭ މުއްދަތުން ފެށިގެން 7 ދުވަހާއި 10 ދުވަހުގެ މުއްދަތުގެ ތެރޭގައި ރިވިއުކޮށް ނިންމުން

މަސައްކަތާއި ޒިންމާތައް:

  • ހުށަހެޅޭ މައްސަލައަކާ ގުޅޭގޮތުން މިނިސްޓްރީން ހަވާލުކުރާ ލިޔެކިޔުންތައް ބެލުމަށްފަހު ފަންނީ މާހިރެއްގެ ހައިސިއްޔަތުން ލަފާދިނުން.
  • ހުށަހެޅޭ މައްސަލައަކާ ގުޅިގެން އިތުރަށް މަޢުލޫމާތެއް ހޯދަންޖެހޭނަމަ އެ މަޢުލޫމާތެއް ހޯދުމަށްޓަކައި މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރުން.
  • މައްސަލައާ ގުޅިގެން ހޯދުނު އެންމެހައި ލިޔެކިޔުންތަކާއި، މަޢުލޫމާތުތަކަށް ރިޢާޔަތްކުރުމަށް ފަހު ތަފުސީލީ ރިޕޯޓެއް މިނިސްޓްރީއަށް ހުށަހެޅުން.

ފެންވަރު ނުވަތަ ޝަރުޠު:

  • މަތީގައި ދެންނެވިފައިވާ ދާއިރާއަކުން ޚާއްޞަވެފައިވުން.
  • ރާއްޖޭގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ރަޖިސްޓަރީވެ ލައިސެންސް އޮތް މީހެއްކަމުގައި ވުން.
  • މަތީގައި އެވާ ދާއިރާއިން ޚާއްޞަވުމަށްފަހު މަސައްކަތުގެ ދާއިރާގައި 2 ނުވަތަ 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން. (މި މަޤާމަށް މީހަކު ހޮވުމުގައި މަސައްކަތުގެ ތަޖުރިބާއަށް އިސްކަންދެވޭނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީ
  • ފަންނީ ދާއިރާގެ ކައުންސިލުގެ ރަޖިސްޓްރޭޝަންގެ ކޮޕީ
  • އައިޑީ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ : 3014483/3014319

ނޯޓު: މިކަމަށް އެދި 15 މޭ 2016 ގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

17 ރަޖަބު 1437
24 އޭޕްރިލް 2016
ހޯދާ