އިހަވަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވޮޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ހއ. އިހަވަންދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ.

މަޤާމް:

ވޮޗަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އެސް. އެސް. 1 / ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް / އިދާރާ:

އިހަވަންދޫ ޞިއްޙީ މަރުކަޒު

ސެކްޝަން:

-

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އިހަވަންދޫ ޞިއްޙީ މަރުކަޒު / ހއ. އިހަވަންދޫ

މުސާރަ:

-/3100 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ (މަހަކު)

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަޙައްދު ޑިޔުޓީ ގަޑީގައި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
  • ޑިޔުޓީގައި އިމާރާތަށާއި ގޯތިތެރޭގައި ހުންނަ ގަސްގަހާގެއްސާއި ވެހިކަލްފަދަ ތަކެއްޗަށް މީހެއްގެ ނުވަތަ ބައެއްގެ ފަރާތުން އަތުވެދާނެ ނުރައްކަލަކަށް ސަމާލުވެ ބެލެހެއްޓުން.
  • ޞިއްޙީ މަރުކަޒުގައި އެޑްމިޓްކުރެވޭ ބަލިމީހުންންގެ ކައިރީގައި އެހީތެރިންގެގޮތުގައި ތިބޭ މީހުން، ތަނުގެ އާންމު ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ބާރުއަޅައި އެކަން ކުރުވުން.
  • ޑިޔުޓީގައި ހުންނަ ގަޑީގައި ދިދަ ނަގައި ތިރިކުރުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  • ތަޢުލީމާއި ތަމްރީން.
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  • ލިބިފައިވާ ހުނަރު.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ހއ. އިހަވަންދޫ ޞިއްޙީ މަރުކަޒުގެ އިދާރީ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ  ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗުކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 މޭ 9 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން، ހއ. އިހަވަންދޫ ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި  މަޤާމަށް  ޝަރުޠު  ހަމަވާ  ފަރާތްތަކާ  އިންޓަވިއުކުރުން  އޮންނާނީ،  2016  ވަނަ  އަހަރުގެ  މޭމަހުގެ  ތެރޭގައެވެ.  އިންޓަވިއު އޮންނާނީ، ހއ. އިހަވަންދޫ ޞިއްޙީ މަރުކަޒުގައެވެ.

އިތުރު މަޢުލޫމާތު: 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު  ސާފުކުރުމަށް ގުޅާނީ، މި މަރުކަޒުގެ 6500501 ނަންބަރު ފޯނާއެވެ. އީމެއިލްކުރާނީ، [email protected] އަށެވެ.

17 ރަޖަބު 1437

24 އޭޕްރިލް 2016
ހޯދާ