މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ސްވަރޭޖް ކަލެކްޝަން ނެޓްވޯރކް، ސިވޭޖް ޕަންޕިން ސްޓޭޝަން އެންޑް ސީއައުޓްފޯލް އެންޑް އެލައިޑް ވޯކްސް އިން ސ.ހިތަދޫ (ނޯތު އެންޑް ސައުތު ރީޖަން)، މޯލްޑިވްސް

ޕްރޮޖެކްޓް ނަންބަރު:

TES/2016/W-059

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ސްވަރޭޖް ކަލެކްޝަން ނެޓްވޯރކް، ސިވޭޖް ޕަންޕިން ސްޓޭޝަން އެންޑް ސީއައުޓްފޯލް އެންޑް އެލައިޑް ވޯކްސް އިން ސ. ހިތަދޫ (ނޯތު އެންޑް ސައުތު ރީޖަން)، މޯލްޑިވްސް

 1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ (އެމް.އީ.އީ) ގެ ބޭނުމަށް ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ވޯޓަރ ސަޕްލައި ނެޓްވޯކް، ވޯޓަރ ސްޓޯރޭޖް ޓޭންކްސް އެންޑް ރިވާސް އޮސްމޯސިސް ޕްލާންޓް އެންޑް އެލައިޑް ވޯކްސް ބޭސްޑް އޮން އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސް އެޕްރޯޗް އިން  ސ. ހިތަދޫ (ނޯތު އެންޑް ސައުތު ރީޖަން)، މޯލްޑިވްސް އަދި އެއާގުޅޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މަތީގައިވާ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 2. ބީލަމުގައި ބައިވެރިވުމަށް -/1,500 (އެއް ހާސް ފަސް ސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 28 އެޕްރީލް 2016 އިން 12 ޖޫން 2016 އަށް،  ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތްތައް ސޮފްޓްކޮޕީ ފޯމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 3. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/550،000 (ފަސް ލައްކަ ފަންސާސް ހާސް ދިވެހި ރުފިޔާ)  ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

 4. މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 މޭ 16 ވާ ހޯމަ ދުވަހުގެ 11:00 ގައި، މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔޯމަންޓް ޑިވިޜަންގެ ޖަލްސާކުރާ މާލަމުގައެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

 5. ބީލަން ހުޅުވުން އޮންނާނީ 2016 ޖޫން 13 ވާ ހޯމަ ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ޑިވިޜަންގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިޔުމަންޓް ޑިވިޜަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން   : 3349101       3349106

ފެކްސް : 3320706       3324432

އީމެއިލް : [email protected]

ކޮޕީ   : [email protected]

 7. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

24 އޭޕްރިލް 2016
ހޯދާ