ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމާގުޅޭ

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށް މިއަހަރު ބާއްވާ ފުރަތަމަ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު 02 މޭ 2016 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

"ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމު" މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv އަދި lawyers.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި މި އިޢުލާނުގެ ކުރިން މި ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ހުށަހަޅަންނުޖެހޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

17 ރަޖަބު 1437

24 އޭޕްރިލް 2016
ހޯދާ