ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިޔުމަށް ބޭނުންވެއްޖެ

އިޢުލާން

މި ސެންޓަރުން ހިންގާ ބެޗްލަރ އޮފް ޓީޗިންގ، އިސްލާމް ކޯހުގެ ތިރީގައި މިދަންނަވާ މާއްދާއަށް ސްޓަޑީގައިޑް ލިޔަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2016 އޭޕްރިލް 28 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:00 އަށް މި ސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 މޭ 2 ވާ ހޯމަ ދުވަހު މެންދުރުފަހު 13:00 އަށް މި ސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.

1- އިސްލާމިކް އެޑިއުކޭޝަން މެތަޑްސް

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ އޮފީސް ގަޑީގައި 3345192 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

15 ރަޖަބު 1437

24 އޭޕްރިލް 2016
ހޯދާ