އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އެޖެންޓް، ފެސިލިޓީ އެންޑް ކެބިން ޓްރެއިނީ

މަޤާމް :ސީނިއަރ އެޖެންޓް، ފެސިލިޓީ އެންޑް ކެބިން ޓްރެއިނީ
ބޭނުންވާ އަދަދު :1

ސީނިއަރ އެޖެންޓް، ފެސިލިޓީ އެންޑް ކެބިން ޓްރެއިނީ (ޖޮބް ރިފަރެންސް ނަންބަރު (J/2016/45)

ކުރަންޖެހޭ މައިގަނޑު މަސައްކަތް: ކެބިން އެޖެންޓުން އަދި ކުލީނަރުން ކުރާ މަސައްކަތްތައް ސުޕަރވައިޒްކުރުމާއި އެއަރކްރާފްޓް ޓާރމިނަލްގެ ސަރަޙައްދާއި ޑޮކް ސަރަޙައްދު ރަނގަޅަށް ބަލަހައްޓާތޯ ކަށަވަރުކުރުން.

މީގެ އިތުރުން، ކެބިން އެޖެންޓުން މަތިންދާބޯޓަށް އަރުވަންޖެހޭ ތަކެތި އަރުވާތޯ ޔަގީންކުރުމާއި މަތިންދާބޯޓަށް އަރުވަންޖެހޭ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު:

- މަތީޘާނަވީ އިމްތިޙާން ފުރިހަމަކޮށް، އިނގިރޭސި އަދި ހިސާބު، މި ދެ މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

- މީހުންނާ ގުޅިގެން އެކުގައި މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން.

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.

- އިންވެންޓްރީ އަދި ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތްކޮށް އެކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވިއަން ސީޕްލޭން ބޭސް / އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް

މި މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ،  2016 މޭ 2 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް

އައިލެންޑް އޭވިއޭޝަން ހެޑް އޮފީސް

މ. ރާވެރިގެ، މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ  

ފޯނު ނަންބަރު: 3331262    ފެކްސް ނަންބަރު: 3314806    

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކުންފުނީގެ ވެބްސައިޓް އެޑްރެހަކީ www.maldivian.aero އެވެ. އަދި މި ވަޒީފާއާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަދި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންސް ޑިސްކޮލިފައިވާނެ ވާހަކަ ދެންނެވީމެވެ. އަދި ބަޔާންކުރެވިފައިވާ ވަޒީފާގެ އިންޓަރވިއުއަށް ގުޅާނީ ހަމައެކަނި ޝޯރޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

17 ރަޖަބު 1437

24 އޭޕްރިލް 2016
ހޯދާ