މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ރަމަޟާން މަހުގެ ފުރަތަމަ ދިހަދުވަހަށް ރޭވިފައިވާ ޢުމްރާ ދަތުރުގައިރަޖިސްޓަރީވުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

ޢުމްރާ ދަތުރަށް ރަޖިސްޓަރީ ކުރުމަށް ހުޅުވާލުން

1437 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދިހަދުވަހަށް ރޭވިފައިވާ ޢުމްރާ ދަތުރުގައި ދިއުމަށް އެދޭ ފަރާތްތަކުން 5 މޭ 2016 މި ތާރީޚުގެ ކުރިން ރަޖިސްޓަރީވުމަށް ފުރުޞަތު ހުޅުވާލަމެވެ. މި ޢުމްރާގެ ޖުމުލަ އަގަކީ -/25,965 ރުފިޔާއެވެ.  ޢުމްރާ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 6 ން ޖޫން 16 އަށެވެ.

4 ބޭފުޅުންގެ ގްރޫޕަކުން ޢުމްރާއަށް ދާން ރަޖިސްޓަރީ ކުރައްވާނަމަ ޚާއްޞަ ޑިސްކައުންޓަކާއެކު ބޭފުޅަކަށް ދައްކަވަންޖެހޭނީ ޖުމުލަ -/24,965 ރުފިޔާއެވެ. އަދި 10 ބޭފުޅުންގެ ގްރޫޕަކުން ރަޖިސްޓަރީ ކުރައްވާނަމަ ޚާއްޞަ ޑިސްކައުންޓަކާއެކު ބޭފުޅަކަށް ދައްކަވަންޖެހޭނީ ޖުމުލަ -/24,465 ރުފިޔާއެވެ.  އަދި މީގެ އިތުރުން 12 އަހަރުން ދަށުގެ ކުދިން ހިމެނޭގޮތަށް ޢާއިލާތައް ރަޖިސްޓަރީވާނަމަ ވަރަށް ޚާއްޞަ ޑިސްކައުންޓެއް ލިބޭނެއެވެ.

ވީމާ، ޢުމްރާ ދަތުރުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "ޢުމްރާއަށް ދިޔުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވައި ފައިސާއާއެކު 5 މޭ 2016 ގެ ކުރިން މި ކޯޕަރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. 

21 އޭޕްރިލް 2016
ހޯދާ