މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމާއި ގުޅޭ

އިޢުލާން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފަރާތުން ހިންގާ ދިވެހިރާއްޖެއަށް ބާނާ ކަނޑުމަހާއި ކަންނެލީގެ ބައޮލޮޖިކަލް މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމުގެ ދަށުން، ގއ.ކޫއްޑޫ މަސް ގަންނަ ބަނދަރަށް ލަފާ ދޯނިފަހަރުން ގެންނަ މަހުގެ މަޢުލޫމާތު ނެގުމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)30-C/1/2016/8 އާ ގުޅިގެން އެކަށީގެންވާ މިންވަރަށް ސިޓީ ހުށަހާފައި ނުވާތީ މި އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.  

ބޭނުންވާ އަދަދު: 02

މުއްދަތު: 31 ޑިސެންބަރު 2016 ގެ ނިޔަލަށް (އެގްރިމަންޓް ކުރެވޭ ދުވަހުން ފެށިގެން)

މަސައްކަތް ކުރަންޖެހޭ ވަގުތު:  ހަފުތާއަކު ފަސް ދުވަސް

މަސައްކަތުގެ އުޖޫރަ: -/2000 (ދެހާސް ރުފިޔާ) ކޮންމެ މަހަކުވެސް ފައިސާ ދެވޭނީ ހިސާބު ނެގުމަށްފަހު، ފޯމުތައް ފުރިހަމަކުރައްވައި މެރިން ރިސަރޗް ސެންޓަރަށް ލިބުމުން. ފައިސާ ޖަމާކުރެވޭނީ މަސައްކަތްކުރާ ފަރާތުގެ އެކައުންޓަށް.

ހުށަހަޅަންޖެހޭ ތަކެތި: މަސައްކަތަށް އެދި ހުށަހަޅާ ސިޓީ، ވަނަވަރު އަދި ތަޢުލީމީ ސެޓުފިކެޓުތައް

ވަޒީފާއެއްގައި އުޅޭ މުވައްޒަފެއް މި މަސައްކަތަށް ކުރިމަތިލާނަމަ ކުންފުނީގެ އިއުތިރާޒެއް ނެތްކަމުގެ ލިއުން.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އެޕްރީލް 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ، މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެއްޗާއެކު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު 2242-332 ފޯނާ ގުޅުއްވުން އެދެމެވެ. 

21 އޭޕްރިލް 2016
ހޯދާ