ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ޓޫރިޒަމް ދާއިރާއަށް 8000 މީހުން ތަމްރީނުކުރުމުގެ ޕްރޮގުރާމަށް ބައިވެރިން ހޯދުން

އިޢުލާން

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ޓޫރިޒަމް ގުޅިގެން

ޓޫރިޒަމް ދާއިރާއަށް 8000 މީހުން ތަމްރީނުކުރުމުގެ ޕްރޮގުރާމަށް ބައިވެރިން ހޯދުން

ތަމްރީނު ކުރަން ހަމަޖެހިފައިވާ ދާއިރާތައް:

19. General Cashier

10. Assistant Chief Engineer

1. Store Keeper

20. Room Attendant

11. Lifeguard

2. Power House Operator

21. Tour Guide

12. Laundry Attendant

3. Marine Mechanic

22. IT Technician

13. Health and Wellness

4. Food and Beverage Personnel

23. Airport Representative

14. Security Officer

5. Guest Relation Officer

24. Ticketing and Reservation

15. Engineer

6. Electrician/  Technician

25. Logistic / Admin Officer

16. Kids Club Attendant

7. Gardner

26. Refrigeration and Air-conditioning

17. Food Preparation

8. Diving / Watersports

 

18. Pastry and Bakery Chef

9. Front Office

ތަމްރީނު ކުރަން ހަމަޖެހިފައިވާ ކޯހުގެ ލެވެލް، ވަދެވޭ ޝަރުޠު އަދި މުއްދަތާއި މުއްދަތު ހަމަކުރަންޖެހޭގޮތް:

ލެވެލް

ވަދެވޭ ޝަރުޠު

މުއްދަތު

މުއްދަތުގެ ތަފުސީލު

 

ލެވެލް 3

ގްރޭޑް 7 ނިންމާފައިވުން

6 މަސް

40 ގަޑިއިރުގެ ކިޔެވުން އަދި 160 ގަޑިއިރު ދަސްވާރެއްގެ ގޮތުގައި މަސައްކަތްކުރުން އަދި އިމްތިޙާން

ދަސްވާރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ކޯހާއި ގުޅޭ ވަޒީފާދޭ ތަނެއްގައި އަތްދަށު މަސައްކަތްކޮށް ތަމްރީނުވުމެވެ.

 

ލެވެލް 4

ސާނަވީ ސްކޫލް ނިންމާ އިމްތިޙާނަކުން 3 ސީ ފާސް ލިބިފައިވުން، ނުވަތަ ދާއިރާއާ ގުޅުންހުރި ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށްފައިވުން.

8 މަސް

200 ގަޑިއިރުގެ ކިޔެވުން އަދި 400 ގަޑިއިރު ދަސްވާރެއްގެ ގޮތުގައި މަސައްކަތްކުރުން އަދި އިމްތިޙާން

ކޯހުގެ ފީ:

މި ކޯސްތަކަށް ހޮވޭ ދަރިވަރުންނަކީ ސްޕޮންސަރކުރެވިފައިވާ ދަރިވަރުންނަށްވާތީ ކޯހުގެ ފީ ދައްކާކަށް ނުޖެހޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ ބައިވެރިވުމަށް އެދޭ ފޯމު.

ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ނ- ތަޢުލީމީ ސަނަދުތަކުގެ ކޮޕީ

ރ- ވަޒީފާ އަދާކުރާ ފަރާތެއްނަމަ މިކޯސް ހެދުމަށް ވީއްލާނެކަމުގެ ލިޔުން.

ބައިވެރިވުމަށް އެދޭ ފޯމު ހުށަހަޅާނީ

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / ޣާޒީ ބިލްޑިންގ (ގްރައުންޑް ފްލޯރ) ނުވަތަ [email protected] އަށެވެ.

އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ:

  1. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ވެބްސައިޓް: www.moe.gov.mv              
  2. ޓިވެޓް އޮތޯރިޓީގެ ވެބްސައިޓް: www.tvet.gov.mv
  3. ޓިވެޓް އޮތޯރިޓީގެ މެއިލް: [email protected]
  4. ފޭސްބުކް: TVET Authority

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 12 މޭ 2016 (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން.

ނޯޓް:

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341313 އަދި 9950226 ފޯނާ ގުޅުއްވައި ނުވަތަ އީމެއިލުން ނުވަތަ ފޭސްބުކް އިން މެއިލް ނުވަތަ މެސެޖް ކުރެއްވުން އެދެމެވެ.

10 ރަޖަބު 1437

20 އޭޕްރިލް 2016
ހޯދާ