މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ އައިޓީ

އިޢުލާން

ވަޒީފާގެ ފުރުޞަތު 

މަޤާމު:

މެނޭޖަރ (އައި.ޓީ)

ބޭނުންވާ އަދަދު:

01

މުސާރަ:

  1. -/10500 ރުފިޔާ (ދިހަހާސް ފަސްސަތޭކަ ރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް :

4500/- ރުފިޔާ ހަތަރު ހާސް ފަސްސަތޭކަ ރުފިޔާ)

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް:

އައި.ޓީ

މަޤާމުގެ ޝަރުޠު:

  • ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން، އެމް.ކިއު.އޭ ގަބޫލު ކުރާ އިންސްޓިޓިއުޓްއެއްގައި ޑިގްރީ ހާސިލުކޮށްފައިވުން.
  • އިންފޮރމޭޝަން ޓެކްނޮލަޖީގެ ރޮނގުން ތަޖުރިބާ ލިބިފައި ހުރުމާއެކު، ޑޭޓާ ބޭސް މެނޭޖްކުރުމާއި، މައިކްރޯސޮފްޓްގެ ސޮފްޓްވެއަރތައް ބޭނުން ކުރަން އެނގުމާއި ލޭން އަދި ވޭން ނެޓްވާރކް ބެލެހެއްޓޭފަދަ ފަރާތަކަށްވުން.
  • ސިސްޓަމް ސެކިއުރިޓީއާއި ނެޓްވާރކް ސެކިއުރިޓީ ބެލެހެއްޓޭނެފަދަ ފަރާތަކަށްވުން.
  • މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން އަދި ޝިޕްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަރާތަކަށް ވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި ޓީމެއްގެ ގޮތުގައި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން.
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން. ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކު ކަމުގައި ނުވުން.   

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުންގަޑި :

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 26 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 15:00ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 03 ވަނަ ފަންގިފިލާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ކިޔޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސް ކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން:  3009272

ފެކްސް: 3321559

19 އޭޕްރިލް 2016
ހޯދާ