ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: -/11,158 ރުފިޔާ

ލިވިންގ އެލަވަންސް: -/3،000  ރުފިޔާ

ރިސްކް އެލަވަންސް: -/2,000 ރުފިޔާ

އިތުރު އެލަވަންސް: މި މަޤާމަށް ޕްރެކްޓިސް އެލަވަންސްގެގޮތުގައި އަސާސީ މުސާރައިގެ %55 އާއި، ސަރވިސް އެލަވަންސްގެ ގޮތުގައި، އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/150 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހދ. ގޮފި

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: މިއޮފީހަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު: ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ން ފެށިގެން މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

އިންޓަވިއު: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު އެކަށީގެންވާވަރަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަކަށެވެ.    

ސުންގަޑި: މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 އެޕްރީލް 25 ވަނަ ދުވަހުގެ 14:30 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މި އޮފީހަށް ފޮނުވުން އެދެމެވެ. ފޯމް ހުށަހަޅާއިރު، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ވަނަވަރާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުމުގެ ކޮޕީ ފޮނުވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. 

11 ރަޖަބު 1437

18 އޭޕްރިލް 2016
ހޯދާ