މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުލޭގައި ހުރި ބޮންޑަޑް ވެއަރހައުސް ހުސްކުރުމާ ބެހޭ

އިޢުލާން

ހުޅުލޭގައި ހުރި ބޮންޑަޑް ވެއަރހައުސް ހުސްކުރުމާބެހޭ:

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެދަށުން، އައު ޕެސެންޖަރ ޓާރމިނަލް އިމާރާތްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި މިހާރު ޤާއިމްކުރެވިފައިވާ ބޮންޑަޑް ވެއަރހައުސް ހުސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ވީމާ، ބޮންޑަޑް ވެއަރހައުސްގައިވާ އަމިއްލަ އެކި ފަރާތްތަކުގެ ބޮންޑްތައް (ކޮންޓެއިނަރުތައް)، މި ކުންފުންޏަށް ދައްކަވަންޖެހި ނުދައްކަވާހުރި ކުލީގެ ފައިސާއާއި، ކަރަންޓް ބިލުތަކަށް ދައްކަވަންޖެހޭ ފައިސާއާއި، އެހެނިހެން ފައިސާ ދެއްކެވުމަށްފަހު، 7 މޭ 2016 ގެ ނިޔަލަށް ހުސްކުރުމަށް ދަންނަވަމެވެ. އެ ތާރީޚުގެ ނިޔަލަށް ނުގެންދެވި ހުރި ކޮންޓެއިނަރުތައް ނައްތައިލާނެކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. މި ގޮތުން ނައްތައިލެވޭ ތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަކަށް މޯލްޑިވިސް އެއަރޕޯރޓްސް ކޮންޕެނީ ލިމިޓެޑުން ބަދަލު ނުދެވޭނެކަމުގައިވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ، 3337048 ނަންބަރު ފޯނަށް ނުވަތަ 3337215 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރައްވަން ބޭނުންފުޅުވާނަމަ މެއިލްކުރައްވާނީ، [email protected] އަށެވެ.

13 ރަޖަބު 1437

20 އޭޕްރިލް 2016
ހޯދާ