މިނިސްޓްރީ އޮފް ހިޔުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ކުޅިވަރު ސާމާނު ދޫކުރުމާ ބެހޭ

ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް ކުރިއެރުން ހޯދައިދީ، ކުޅިވަރުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމުގެ ގޮތުން، މި މިނިސްޓްރީއަށް ބަޖެޓް ކަނޑައެޅޭ މިންވަރަށް ބަލައި ކޮންމެ އަހަރަކުވެސް ކުޅިވަރާ ގުޅުންހުރި ސާމާނު ކްލަބުަ ޖަމްޢިއްޔާ އަދި ޖަމާޢަތްތަކަށް ފޯރުވައިދެމުން ގެންދަމެވެ. އެގޮތުން، މިއަހަރުވެސް ގިނަ ކްލަބު، ޖަމްޢިއްޔާތަކަކުން ކުޅިވަރު ސާމާނު ހޯދުމަށް އެދި ހުށަހަޅަމުންދާތީ، މިނިސްޓްރީގެ ފޯރުންތެރިކަން ހުރި މިންވަރުން އެފަދަ ތަކެތި ދޫކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. ކުޅިވަރު ސާމާނަށް އެދި ބައެއް ފަރާތްތަކުން ހަމައެކަނި ސިޓީ ފޮނުވަމުން ގެންދަވާތީ، ތަކެތި ދޫކުރުމުގައި ދަތިތަކެއް ދަނީ ދިމާވަމުންނެވެ. މިކަން އެއްގޮތްކުރުމަށްޓަކައި މިފަދަ ތަކެތި ހޯދުމަށް އެދި ހުށަހަޅާނެ ފޯމެއް ވަނީ ތައްޔާރުކުރެވިފައެވެ. މިފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.mhrys.gov.mv އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

29 ރަމަޟާން 1434

06 އޮގަސްޓް 2013
ހޯދާ