ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން (ކޮންޓްރެކްޓް)

އިޢުލާން

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު:              ކޮމްޕިއުޓަރ ޓެކްނީޝަން (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:        1

މަޤާމުގެ ކްލެސިފިކޭޝަން:   ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:               އެމް.އެސް 1

މުސާރަ:              -/5610 ރުފިރާ

ސަރވިސް އެލަވަންސް:     -/2000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:            އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:   ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެމަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

- މިސެންޓަރުގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ މަސައްކަތް ބެލެހެއްޓުން. މިގޮތުން ކޮމްޕިއުޓަރތަކަށް ދިމާވާ މައްސަލަތައް ރަނގަޅުކޮށް، ސޮފްޓްވެއަރ އަޕްޑޭޓްކުރުމާއި، ސެންޓަރުގެ ފޯނުލައިންތައް ބެލެހެއްޓުމާއި، ކޮމްޕިއުޓަރ ނެޓްވާރކް އެޅުމާއި ބެލެހެއްޓުން. އަދި ސައުންޑް ސިސްޓަމްގެ ސެޓިންގ ހެދުމާއި ބެލެހެއްޓުން

- ވިންޑޯސް 2008 ސާވަރ މެނޭޖްކުރަން އެނގުން

- ނެޓްވާރކިންގގެ މަސައްކަތް ކުރަން އެނގުން

- އޮފީހުގެ ޕީ.އޭ.ބީ.އެކްސް ސިސްޓަމް ބެލެހެއްޓުން

- އެން.ސީ.އައި.ޓީ އާ ގުޅިގެން ބަލަހައްޓަންޖެހޭ އީ-ގަވަރމަންޓް ނެޓްވާރކްގެ އެންމެހާ މަސައްކަތެއް ބެލެހެއްޓުން.

- އޮފީހުގައި ބޭނުންކުރާ ޚާއްޞަ ސޮފްޓްވެއަރތަކާއި ޕްރޮގްރާމުތަކަށް ދިވާމާ މައްސަލަތައް ހައްލުކުރުން.

- އޮފީހުގެ ކޮމްޕިއުޓަރތައް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ކޮމްޕިއުޓަރތައް މަރާމާތުކުރުމާއި ކޮމްޕިއުޓަރތަކުގެ އެންޓި-ވައިރަސް ބެލެހެއްޓުން   

- އޮފީހުގެ ޕްރިންޓަރ، ސްކޭނަރ އަދި ފޮޓޯކޮޕީ ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކުރުން.

- ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އަދި އެކްސްޓްރާއަށް ކްލާސްރޫމްތަކުގައި ޕްރޮޖެކްޓަރ ސެޓްކުރުން.

- މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތް ކުރުން.

- ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

އިންޓަރވިއުކުރުން

  • މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 27 އެޕްރީލް 2016 އާއި 03 މޭ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
  • އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު (މި ފޯމު މިސެންޓަރުގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 9:30 ން 13:30 އަށް ލިބެން ހުންނާނެއެވެ. އަދި މިސެންޓަރުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. www.chse.edu.mv)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އެޓެސްޓް ކޮޕީ
  3. އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
  6. ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:  

މިމަޤާމުތަކަށް ކުރިމަތިލައްވަން އެދިވަޑަގަންނަވާ ބޭފުޅުން މަތީގައިއެވާ ލިޔުންތައް 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިސެންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނޭއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ސްކޫލުގެ ނަންބަރު 3321330 އާ ގުޅުއްވުން އެދެމެވެ.

12 އޭޕްރިލް 2016
ހޯދާ