ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް ރިސަރޗް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

އެސިސްޓެންޓް ރިސަރޗް އޮފިސަރ

ރޭންކް:

ޖީ.އެސް 4

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ސެކްޝަން:

ހެރިޓޭޖް ސެކްޝަން

މުސާރަ:

-/5,020 ރުފިޔާ

ސަރވިސް އެލަވަންސް:

-/1,500 ރުފިޔާ

ބޭނުންވާ އަދަދު:

01

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ. މާލެ

ރަސްމީ މަސައްކަތު ގަޑި:

08:00 އިން 14:00 އަށް

ވަޒީފާގެ ގިންތި:

ދާއިމީ

މަޤާމުގެ ޝަރުޠު:

 

1- އާކިއޮލޮޖީ، ހެރިޓޭޖް މެނޭޖްމަންޓް، ކޮންޒަރވޭޝަން މެނޭޖްމަންޓް، އާކިޓެކްޗަރަލް ކޮންޒަރވޭޝަން، ކަލްޗަރަލް ސްޓަޑީސް، ހިސްޓްރީ، ހެރިޓޭޖް ސްޓަޑީސް، ކަލްޗަރަލް ހެރިޓޭޖް، ހެރިޓޭޖް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ހެރިޓޭޖް ސައިންސް، ޕްރިންސިޕަލްސް އޮފް ކޮންޒަރވޭޝަނާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމަށް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކަށް ދަތުރުކޮށް ސަގާފީ އާދަކާދަތަކާބެހޭ މަޢުލޫމާތު ދުވަސްވީ މީހުންނާ ބައްދަލުކޮށް ނުވަތަ އެނޫންވެސް ގޮތްގޮތުން ހޯދައި، އެއްކޮށް، ޑޮކިއުމެންޓްކޮށް ބެލެހެއްޓުން.
  2. ދިވެހި ސަގާފަތާއި އާދަކާދައާބެހޭ މަޢުލޫމާތު ޢާންމުކުރުމުގައި އެ މަޢުލޫމާތުގެ ޞައްޙަކަން ދެމެހެއްޓުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރުން.
  3. ސަގާފީ އާދަކާދަތައް ދިރުވައި އާލާ ކުރުމަށްޓަކައި ޕްރޮގްރާމްތައް ރާވައި ހިންގުން.
  4. މަޢުނަވީ ތަރިކައާބެހޭ މަޢުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން.
  5. ރާއްޖެ ބައިވެރިވެފައިވާ ތަރިކައާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ތެރެއިން މަޢުނަވީ ތަރިކައާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  6. އާސާރީ ސަރަޙައްދުތަކާއި އާސާރީ މިސްކިތްތައް ފަދަ ތަންތަނުގެ އާބާތުރަފިލުވުމުގެ މަސައްކަތް ކުރުމާއި މިތަންތަން ގިނަ ދުވަހަށް ދެމި ހުންނާނޭ ގޮތުގެ މަސައްކަތް ކުރުން
  7. ސެކްޝަނުން ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ މަސައްކަތްތަކުގައި އެހީތެރިވުން.
  8. ތާރީޚީ އާސާރީ ތަންތަން ބަލަހައްޓާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.
  9. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
މަޤާމް :މެއިންޓެނަންސް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

މެއިންޓެނަންސް އޮފިސަރ

ރޭންކް:

އެމް.އެސް 1

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

މުސާރަ:

-/5,020 ރުފިޔާ

ސަރވިސް އެލަވަންސް:

-/1,500 ރުފިޔާ

ބޭނުންވާ އަދަދު:

01

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ. މާލެ

ރަސްމީ މަސައްކަތު ގަޑި:

08:00 އިން 14:00 އަށް

ވަޒީފާގެ ގިންތި:

ދާއިމީ

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އިލެކްޓްރޯނިކަލް ޓެކްނޮލޮޖީ، ވެލްޑިންގ އެންޑް ޝީޓްމެޓަލް، އިންޖިން ރިޕެއަރ އެންޑް މެއިންޓެނަންސް ނުވަތަ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސްއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އިލެކްޓްރޯނިކަލް ޓެކްނޮލޮޖީ، ވެލްޑިންގ އެންޑް ޝީޓްމެޓަލް، އިންޖިން ރިޕެއަރ އެންޑް މެއިންޓެނަންސް ނުވަތަ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސްއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އިލެކްޓްރޯނިކަލް ޓެކްނޮލޮޖީ، ވެލްޑިންގ އެންޑް ޝީޓްމެޓަލް، އިންޖިން ރިޕެއަރ އެންޑް މެއިންޓެނަންސް ނުވަތަ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސްއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ނޭޝަނަލް މިއުޒިއަމްގެ އިމާރާތުގެ މެއިންޓެނަންސްގެ މަސައްކަތް ދުވަހުން ދުވަހަށް ބެލެހެއްޓުން.
  2. ނޭޝަނަލް މިއުޒިއަމްގެ އިމާރާތަށާއި އިމާރާތުގައި ހަރުކޮށްފައިވާ ތަކެއްޗަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ ދުވަހުން ދުވަހަށް ބަލައި ލިބޭ ގެއްލުންތައް ރަނގަޅުކުރުމަށް މަސައްކަތްކުރުން.
  3. ނޭޝަނަލް މިއުޒިއަމްގެ އިމާރާތުގެ ސާފުތާހިރުކަން ބަލަހައްޓައި ސާފުކުރުމާ ހަވާލުވެފައިވާ ފަރާތްތަކުގެ މަސައްކަތްތައް ސުޕަވައިޒް ކުރުން.
  4. ނޭޝަނަލް މިއުޒިއަމްގެ އިމާރާތާއި ގޯތިތެރޭގެ ސެކިއުރިޓީގެ އިންތިޒާމުތައް ހަމަޖެހިފައިވާގޮތް ކުރިއަށްދާގޮތް ބަލައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް، ވެރިންގެ މަޝްވަރާގެ މަތީން އެކަންކަން ރަނގަޅު ކުރުވުން.
  5. އިމާރާތުގެ ފެނާއި، ކަރަންޓާއި ނަރުދަމާގެ ނިޒާމަށް ދިމާވާ މައްސަލަތައް ދެނެގަނެ އިސްވެރިންނާއި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ މަތީން އެކަމެއް ރަނގަޅު ކުރުމަށް މަސައްކަތްކުރުން.
  6. މަރާމާތުގެ މަސައްކަތްތަކާ ގުޅިގެން ބަލަހައްޓަންޖެހޭ އެހެނިހެން މަސައްކަތްތަކާ ގުޅޭގޮތުން ހަދާ މަސައްކަތްތަކުގެ އެއްބަސްވުންތައް ބަލަހައްޓައި އެކަމާގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.
  7. އެކިފަރާތްތަކާ ހަވާލުކޮށްގެން ކުރެވޭ މަރާމާތުގެ މަސައްކަތް ކުރިޔަށްދާގޮތް ބެލުމާއި އެކުރާ މަސައްކަތްތަކުގެ ފުރިހަމަ ތަފުސީލު ލިޔުންތައް ތައްޔާރުކުރުން

އުޖޫރައާއި އިނާޔަތްތައް:

މަޤާމުގެ މަސައްކަތާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސާއި އިނާޔަޔްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

-  ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓްކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެއެވެ).

- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުމެއްގެ ކޮޕީ.

- ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ އެކަމުގެ ލިޔުމުގެ ކޮޕީ.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނަތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުންތަކުގެ ކޮޕީ (މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް)

- ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސް މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެ.

- މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައި)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މިފޯމު ވަޒީފާއަށް އެދޭ ފޯމާއެކު ލިބެން ހުންނާނެ)

އިންޓަރވިއު ކުރުމާއި / ޕްރެކްޓިކަލްސް ބޭއްވުން:

މިމަޤާމުތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އަދި އެކަމާ ގުޅޭ މަޢުލޫމާތު، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤަބިލުކަމާއި ސިފަތައް

ސްކްރީން ކުރުން:

 

ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަން ކުރުމުގެ ޝަރުޠުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ، އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެފޭ ފޯމު ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު:

2016 އެޕްރީލް 18 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް (ޤައުމީ ދާރުލްއާސާރު، ޗާނދަނީމަގު)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340206 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

04  ރަޖަބު  1437

11 އޭޕްރިލް 2016
ހޯދާ