މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ލީގަލް އެސިސްޓެންޓް

މަޤާމް :ލީގަލް އެސިސްޓެންޓް
ބޭނުންވާ އަދަދު :2

ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެ.

މަޤާމު

ލީގަލް އެސިސްޓެންޓް

ރޭންކް

ސީއެސް 4-7

ކްލެސިފިކޭޝަން

ލީގަލް އެސޯސިއޭޓް ޕްރޮފެޝަނަލްސް

ބޭނުންވާ އަދަދު

02

ވަޒީފާ އަދާ ކުރަންޖެހޭ ސެކްޝަން / އޮފީހާއި، ރަށް

ލީގަލް ޔުނިޓް/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

މުސާރަ: -/9220ރ

ސަރވިސް އެލަވަންސް: -/2400ރ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ޝަރުތު

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. ލީގަލް ދާއިރާގެ އޮނިގަނޑުގެ، ސީ.އެސް 3-7 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިމިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީއަށާއި މިނިސްޓްރީގެ އެހެން ސެކްޝަންތަކަށް ބޭނުންވާ ޤާނޫނީ ލަފާދިނުން
  2. އެޓަރނީ ޖެނަރަލް އޮފީހަށް ފޮނުވަންޖެހޭ މައްސަލަތައް ފޮނުވުމުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.
  3. އޮފީހުގެ މުވައްޒަފުން ކުރާ ސިވިލްސަރވިސް ޤާނޫނާ ޚިލާފު ކަންކަން ބަލައި އެމައްސަލަތައް ތަޙުޤީޤަށް ބޭނުންވާ ލިޔުން ތައްޔާރުކުރުން.
  4. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  5. އޮފީހުގެ ކަންކަމާ ގުޅިގެން މުވައްޒަފުން ހުށަހަޅާ މައްސަލަތައް ބަލައި އެމައްސަލަތައް ޙައްލުކުރުމަށް ދޭންޖެހޭ ލަފާ ދިނުން.
  6. މިނިސްޓްރީން ހިންގާ އެކިއެކި ޕްރޮޖެކްޓްއާ ބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި މުރާޖަޢާ ކުރުން.
  7. އޮފީހުން ހަދާ އެކިއެކި ކޮންޓްރެކްޓްތައް ހަދާއިރު ޤާނޫނީ ގޮތުން ލަފާދިނުމާއި ކޮންޓްރެކްޓަރ ހެދިފައިވާ އެގްރިމެންޓްތަކާ ޚިލާފުވާނަމަ އެކަމުގައި ދޭންޖެހޭ ޤާނޫނީ ލަފާދިނުން.
  8. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތައް ހިންގުމުގައި ޤާނޫނާއި ގަވާއިދު ހިފެހެއްޓުމަށްޓަކައި ހަދަންޖެހޭ ގައިޑްލައިންތަކާއި ހިފަހަށްޓަންޖެހޭ މިންގަނޑުތައް އެކުލަވާލުން.
  9. މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތްކުރުމާބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތްކުރެވޭ ބިންތަކާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ދޭންޖެހޭ އެންމެހައި ހުއްދަތައް ދިނުމުގެ މަސައްކަތްކޮށް ބެލެހެއްޓުން.
  10. މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތްކުރުމާބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތްކުރެވޭ ބިންތަކާ ގުޅިގެން މިނިސްޓްރީއަށް ހުށަހަޅާ އެކިއެކި ޝަކުވާތައް ބަލައި، އަޅަންޖެހޭ ފިޔަވަޅު އެޅުމާއި، ޖަވާބުދޭންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވުން.
  11. މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތްކުރުމާބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތްކުރެވޭ އެކި ބިންތައް ރަޙުނު ކުރުމާ ގުޅޭގޮތުން ދަފްތަރެއް އެކުލަވާލުމުގައި ދޭންޖެހޭ ޤާނޫނީ އެހީތެރިކަން ދިނުން.
  12. މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރި އުސޫލުން މުޢާމަލާތްކުރުމާބެހޭ ގަވާއިދުގެ ދަށުން މުޢާމަލާތްކުރެވޭ އެކި ބިންތަކާ ގުޅިގެން ދުވަހުން ދުވަހަށް އެކުލަވާލާންޖެހޭ އުސޫލުތައް އިސްވެރިންގެ މަޝްވަރާއާ އެއްގޮތަށް އެކުލަވާލައި ތަންފީޒުކުރުން.
  13. އަދި މިނޫނަސް އޮފީހުން ހަވާލުކުރާ ސަރުކާރުގެ ރަސްމީ އެންމެހާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަރވިއު.
  4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިފައިވާ މިންވަރު. (މިގޮތުން ވަޒީފާއާބެހޭ ޤާނޫނު، ސިވިލް ސަރވިސް ޤާނޫނު، މާލިއްޔަތު ޤާނޫނު އަދި ބިމާބެހޭ ޤާނޫނަށް ސަމާލުކަންދެވޭނެއެވެ.)
  5. މުޢާމަލާތް ކުރުމުގެ ހުނަރު.
  6. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 19 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަރވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަރވިއު އޮންނާނީ 2016 އެޕްރީލް 20 އާއި 2016 އެޕްރީލް 28 އާ ދެމެދު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / މާލޭގައެވެ.
  • އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004340 ނުވަތަ 3004343 ފޯނަށް ގުޅުއްވުން އެދެމެވެ.

4  ރަޖަބު  1437

 

11 އޭޕްރިލް 2016
ހޯދާ