މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
1437 ވަނަ އަހަރުގެ ރަމަޟާންމަހު ކުރާ ޢުމްރާ ދަތުރުގައި ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ހޯދުން

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މި ކޯޕަރޭޝަނުގެ ފަރާތުން 1437 ވަނަ އަހަރުގެ ރަމަޟާންމަހު ކުރާ ޢުމްރާ ދަތުރުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް، ތިރީގައިމިވާ މަޤާމްތަކަށް މީހުން ބޭނުންވެއެވެ.

މަޤާމް:

ޑޮކްޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

 

 

ފެންވަރު ނުވަތަ ޝަރުޠު:

  • މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައިވުން.      
  • މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.
  • އަންހެނެއްނަމަ، 45 އަހަރުން މަތީގެ މީހެއްކަމުގައިވުން.
  • ޢަރަބިބަހުން ނުވަތަ އިނގިރޭސިބަހުން މުޢާމަލާތުކުރަން އެނގޭ މީހަކުކަމުގައިވުން.
  • ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާދިނުމުގެ މަސައްކަތްކޮށް، މަދުވެގެން 1 އަހަރުދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

މަސްއޫލިއްޔަތު:

  • ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި، ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި، ޞިއްޙީ އިރުޝާދު ދިނުން.
  • މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުން.
  • ޢުމްރާ ދަތުރުގައި ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުން.

މަޤާމް:

ކައްކާ

ބޭނުންވާ އަދަދު:

1 (އެކެއް)

 

 

ފެންވަރު ނުވަތަ ޝަރުޠު:

  • މައްކާއާއި މަދީނާއާއި މިނާގައި ދިވެހި ޙާޖީންނަށް ކައްކައި ކާންދިނުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކުކަމުގައިވުން.
  • ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި މިޒަމާނުގައި އާންމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރުކުރަން އެނގޭ މީހަކުކަމުގައިވުން.
  • ކެއްކުމުގެ ހުނަރު ލިބިފައިވުމާއެކު، ގިނަ އަދަދެއްގެ ބަޔަކަށް ކައްކައި ކާންދިނުމުގެ ތަޖުރިބާ ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

 

މަސްއޫލިއްޔަތު:

  • ކާގަޑިތަކުގެ އިންތިޒާމް އެކަށީގެންވާގޮތެއްގައި ކުރިޔަށްގެންދިޔުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
  • ބަދިގޭގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ކައްކައި ކާންދިނުމުގެ ޚިދުމަތް ދިނުން.
  • ކެއްކުމަށް ބޭނުންވާ ތަކެތި ހޯދުން.

މަޤާމް:

ކައްކާގެ އެހީތެރިން

ބޭނުންވާ އަދަދު:

2 (ދޭއް)

ފެންވަރު ނުވަތަ ޝަރުޠު:

  • ޙައްޖާއި، ޢުމްރާ ދަތުރުގައި ކައްކައި ކާންދިނުމުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

 

މަސްއޫލިއްޔަތު:

  • ގަޑިންގަޑިއަށް ކާންހެދުމާއި، ކާގަޑިތަކުގައި ތަށިމަތި ބެލެހެއްޓުން.
  • ކެއުމުގެ އިންތިޒާމް އެކަށީގެންވާގޮތެއްގައި ކުރިޔަށްގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެދަށުން މަސައްކަތްކުރުން.
  • ކެއްކުމުގެ އެންމެހައި ކަމެއްގައި ކައްކާއިންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
  • މީގެ ކުރިން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.

ސުންގަޑި:

2016 އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުން އެދެމެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އަމީނީމަގު، 20379

މާލެ، ދިވެހިރާއްޖެ

5 ރަޖަބު 1437

12 އޭޕްރިލް 2016
ހޯދާ