ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
2 ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ހިފަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ރަށުން ބޭރު މުވައްޒަފުން މިހޮސްޕިޓަލުގައި ބައިތިއްބަންޖެހޭ ހާލަތްތަކުގައި އެމުވައްޒަފުން ބޭތިއްބުމަށް އެއް އަހަރުދުވަހުގެ މުއްދަތަށް 2 ކޮޓަރީގެ އެޕާޓްމެންޓެއް (ކެއުމުގެ ޚަރަދާއެކު) ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 13:00 އަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 13.00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.

03 ރަޖަބު 1437 

10 އޭޕްރިލް 2016
ހޯދާ